ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލެއިން މާލެއަށް ދަތުރުކުރި ދެ ސައިކަލު އެކްސިޑެންޓުވެ ހަތަރު މީހަކަށް އަނިޔާވެއްޖެ

އެކްސިޑެންޓްވި މީހުން ހޮސްޕިޓަލަށް ގެންނަނީ ---
އެކްސިޑެންޓްވި މީހުން ހޮސްޕިޓަލަށް ގެންނަނީ ---

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ ހައިވޭގައި ރޭ ދަންވަރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ދެ އަންހެނަކަށާއި ދެ ފިރިހެނަކަށެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ 11:33 ހާއިރު ރިޕޯޓްކުރި މި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ހަތަރު މީހުންނަށް ވެސް ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ.

އެ މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެހެންނަމަވެސް، ބާކީ ތިބި ދެ މީހުންނަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އެޑްމިޓްކޮށްފައިވާ ދެ މީހުންގެ ހާލަތާއި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.