ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ މިރޭ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.

މާދަމާ ހެނދުނު 6:00 އާ ހަމައަށް ކުރާ ލަފާގައި، މި ސަރަހައްދުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މެޓުން މޫސުން ލަފާކޮށްފައިވަނީ މާދަމާ ހެނދުނު 6:00 އާ ހަމައަށެވެ. މިގޮތުން، މި މުއްދަތުގައި އުތުރުގެ އަތޮޅުތަކަށް އާންމުކޮށް މޫސުން ރަނގަޅުވެފައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ފާހަގަކުރެއެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެންނަމަވެސް، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ އިންޒާރު ދީފައެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ. މިހެންކަމުން، މެޓުން ވަނީ ދަތުރުފަތުރުކުރާ ފަރާތްތަކާއި އާންމު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.