އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު ވާދަކުރައްވާނެކަން ކަށަވަރުވެއްޖެ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމައިލް ވާދަކުރައްވާނޭކަން ކަށަވަރު ވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން ޖީލަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ފައްޔާޒު ވާދަކުރައްވާނޭ ކަމަށެވެ. އަދި އެކަން އެޕާޓީގެ ލީޑަރޝިޕަށްވެސް އެނގޭނެ ކަމަށެވެ.
ފައްޔާޒުގެ ނަން އޮންނާނެ، އަދި ފައްޔާޒު ވާދަކުރައްވާކަން ޕާޓީގެ ހުރިހާ އިސްފަރާތްތަކަށް އެނގޭނެ. މީގެ ކުރިންވެސް ވަނީ އިއުލާންވެސް ކުރައްވާފަ. އިންތިހާބު ކާމިޔާބުކޮށް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ފައްޔާޒު އިސްމައިލް
އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަށަވަރު ވެފައި ނުވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ.
އެހެންނަމަވެސް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސުވާލު ކުރުމުން ރައީސް ސޯލިހު ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ނިންމެވުން ޕާޓީގެ ލީޑާޝިޕަށް އެނގޭނެ ކަމަށެވެ. އެއަށްފަހު ވިދާޅުވީ މަސްލަހަތަށްޓަކައި އިތުރަށް އެކަމުގެ ތަފްސީލު ހާމަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
Ads by BMLމީގެ އިތުރުން އެޕާޓީގެ ރައީސް އަބްދުالله ޝާހިދުވެސް ވެރިކަން ކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. ޗެއާޕާސަން އިންތިހާބުގައި 50،000 އަކަށް މީހުން ބައިވެރިވިއިރު ފައްޔާޒު ކާމިޔާބު ކުރެއްވީ 27،900 އަށް ވުރެ ގިނަ ވޯޓާއެކު އެވެ.
އޭނާއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ހޯއްދެވުނީ 20،425 ވޯޓެވެ. އެމްޑީޕީގައި ދެ ފެކްޝަނަކަށް ކެމްޕޭން ހިންގިއިރު، ފައްޔާޒު ނުކުމެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނާ އެކު އެވެ. އިންތި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ.
އިންތިހާބުގައި މާލެ ފިޔަވައި މެޖޯރިޓީ ރަށްތަކުގެ އަޣުލަބިއްޔަތު ފައްޔާޒަށް ލިބިވަޑައިގަތެވެ. ކެމްޕޭންގައި ސަރުކާރަށް ޕާޓީގެ ތެރެއިން ކުރިމަތިވި ފާޑުކިއުންތަކާ އެކު، އެ ނަތީޖާ އިން ސާފުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް އިތުބާރާއި ތާއީދު އޮތް މިންވަރެވެ.
Ads by MACL
