ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލް އިންތިހާބު 2026: ކޮންގްރެސް ޕާޓީގެ ޕްރައިމަރީއަށް 1300 އަށްވުރެ ގިނަ އެޕްލިކޭޝަން،

ކައުންސިލް އިންތިހާބު 2026: ކޮންގްރެސް ޕާޓީގެ ޕްރައިމަރީއަށް 1300 އަށްވުރެ ގިނަ އެޕްލިކޭޝަން،

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކޮންގްރެސް ޕާޓީގެ ޕްރައިމަރީއަށް 1300 އަށްވުރެ ގިނަ ކެންޑީޑޭޓުންގެ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް މިއަދު ވިދާޅުވީ އިލެކްޝަނަށް އިއުލާން ކުރި ދުވަހުން ފެށިގެން ވަގުތު ހަމަވި އިރު 1300 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. މިއީ އިންތިހާބަކަށް މިހާތަނަށް ސިޔާސީ ޕާޓީއަކުން ކުރިމަތިލި އެންމެ ގިނަ އަދަދު ކަމަށެވެ.

ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް ވަރަށް ގިނަ މެންބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. މިވަގުތުވެސް ޕާޓީގެ މެންބަރުންގެ އަދަދު 70,000 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެތައް ހާސް ފޯމެއް މިހާރުވެސް ޕާޓީގެ އޮފީހުގައި އެބަހުރި ކަމަށެވެ. އެ ފޯމްތައް ބެލުމަށް ފަހު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާނެ އެވެ. ފަލާޙް ވިދާޅުވި ގޮތުގައި އަލަށް ގުޅުނު މެންބަރުންނާއެކު ކޮންގްރެސްގެ މެންބަރުންގެ އަދަދު 75,000 އަށް އަރާނެ ކަމަށް ބެލެވެ އެވެ.

އެކަމުން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ޤަބޫލުކުރެއްވުން ކަމުގައި ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ޕާޓީއެއް އޮތްއިރު ކޮންގްރެސް ޕާޓީގެ ޒަޢާމަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި އެ ޕާޓީގައި ތިބީ 3،000 މެންބަރުންނެވެ. ނަމަވެސް ދޮޅު އަހަރުތެރޭ މެންބަރުންގެ އަދަދު މި ވަނީ 75،000އާ ގާތަށް ގެންދަވާފަ އެވެ.