ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެދު ރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސްކަމަށް ފެންނާތީ، ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މެދު ރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސްކަމަށް ފެންނާތީ، ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މެދު ރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސްކަމަށް ފެންނާތީ، ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވިދާޅުވެފައިވަނީ ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ވައިގަދަވާނެ ކަމަށެވެ. މިގޮތުން، ކަނޑުދަތުރުކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓުން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް ސައުވީސް ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. މި ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން މެންދުރު 13:00 އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރައްވައެވެ. ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވެއެވެ.

މެޓުން ވަނީ ކުރިއަށްއޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑަށް ނުކުނުމުގެ ކުރިން މޫސުމުގެ ޚަބަރުތައް ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮފައެވެ.