ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގުޅީފަޅު ކައިރިން މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް!

ގުޅީފަޅު ކައިރިން މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް!

މާލެ އަތޮޅު ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށާއި، އެއީ ބިދޭސީ ފިރިހެނެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 1:21 ހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޚާއްސަ ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

އަދި ކަނޑުމަތިން އެމީހާގެ ހަށިގަނޑު ނެގުމަށްފަހު، މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަރުވެފައިވަނީ ބިދޭސީއެއްކަން ކަށަވަރުވި ނަމަވެސް، އެއީ ކޮން ޤައުމެއްގެ ރައްޔިތެއްކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.