ބާރުބޮޑު ވެލާނާ އެއާޕޯޓުން އުމްރާވެރިންނަށް ދިނީ ހީވެސް ނުކުރާހާ ފުރިހަމަ ޚިދުމަތްތަކެއް، މަސައްކަތް ތަރުތީބު ކޮށްފައިވަނީ މާބޮޑަށްވެސް ފަސޭހަކޮށް!
މިއަހަރު އުމްރާގެ އަޅުކަމަށްފަހު އެނބުރި އައި އުމްރާވެރިންނަށް ހިދުމަތްދިނުމާއި މަރުހަބާ ދެންނެވުމުގައި އެމްއޭސީއެލްގެ މުވައްޒަފުން ބެހެއްޓި ގާތްކަމާއިއެކު އެއާޕޯޓުގެ މުވައްޒަފުންނަށް ގިނަބައެއްގެ ތައުރީފާއި ޝުކުރު ދަނީ ލިބެމުންނެވެ.
ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަމަށްފަހު ދަތުރުވެރިން އަންނަ ދުވަސްވަރަކީ އަބަދުވެސް އެއާޕޯޓަށް ބާރުބޮޑު ދުވަސްތަކެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ.

Ads by BMLހޫނު މަރުހަބާއާއި އެކު ޓެކްސީގައި އެއާޕޯޓުން ބޭރަށް ދެވެންދެން ދެމުންދިޔައީ ފުރިހަމަ ހިދުމަތެކެވެ.
އެއާޕޯޓުގެ އާންމު އެއްވެސް ހިދުމަތަކަށް ބުރޫ ނާރުވައި ފަތުރުވެރިންނަށްވެސް ހިދުމަތްދެމުން މުޅި ގްރައުންޑް ހޭޑްލް ކުރުމުގައި އެސްސްޓޭޓް ސެކިއުރިޓީން ދިޔައީ ވަރަށް ފުރިހަމައަށް މަސައްކަތް ތަރުތީބު ކުރަމުންނެވެ.

އުމްރާވެރިންގެ ލަގެޖް ހަމަކޮށް ބައެއްފަހަރު ޓްރޮލީތައް ދުއްވަމުންދިޔައީ ވެސް އެސްސްޓޭޓް މުވައްޒަފުންނެވެ. ޓެކްސީކިއު ހެންޑްލް ކުރުމާއިއެކު ފަސޭހައިން ޓެކްސީތަކަށް އުމްރާވެރިން ގެންގޮސްދީފައިވަނީ ލޯތްބާއި އިހްތިރާމާއި އެކުއެވެ.
އެއާޕޯޓުގެ މުވައްޒަފުންނަށް ޝުކުރިއްޔާ. އުއްމީދެއްވެސް ނުކުރަން މިހާ ފަސޭހައިން އެއާޕޯޓުން ނިކުމެވޭނެކަމަކަށް- އުމްރާވެރިއެއް
މި ރަމަޟާން މަހު ފަހު ދިހައެއްގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ޢުމްރާއަށް ދިޔައެވެ. ހައްޖު ކޯޕަރޭޝަން އިތުރުން، އަމިއްލަ ކުންފުނިތަކުގެ ހަވަލުގައިވެސް އެތައް ބަޔަކު ރަމަޟާންމަހު ޢުމްރާގެ އަޅުކަމަށް ދިޔައެވެ. އަދި ޢުމްރާގެ މަތިވެރި އަޅުކަމަށްފަހު ޢުމްރާވެރިން މިހާރު ވަނީ ރާއްޖެ އަންނަން ފަށާފައެވެ.
Ads by MACL
