ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިހާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވި ރައީސަކު ނެތް: ނަރީޝް

މިހާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވި ރައީސަކު ނެތް: ނަރީޝް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވި މިންވަރަށް، ރާއްޖޭގެ ތާރީޚުގައި ވެސް އެހެން އެއްވެސް ވެރިޔަކު ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގެ ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށްލައްވައި، ރައްޔިތުންނާ ހަމައަށް ފައިބައިވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލު ހޯއްދަވައިދެއްވަމުން ކަމަށެވެ. އަދި ހަގީގީ މާނައިގައި ރައްޔިތުންގެ ވެރިކަން ކުރާ އިހުސާސް ރައްޔިތުންނަށް މިހާރު ކުރެވެން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާ ރައްޔިތުންނާއި ގާތުން ރާއްޖޭގެ ރައީސަކު މަސައްކަތްކޮށްފައި ނެތް! ... ހަގީގި މާނައިގައި ރައްޔިތުންގެ ވެރިކަން ކުރާ އިހުސާސް ރައްޔިތުންނަށް ކުރަންފަށައިފި! އެވާހަކަ ރައްޔިތުން ދައްކަން ފަށައިފި،" ނަރީޝް ލިޔުއްވާފައިވެއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވާފައެވެ. މީގެއިތުރުން މާލޭގެ ހުރިހާ އަވަށަކަށް ޒިޔާރަތްކުރައްވައި، ވަކިން ޚާއްސަކޮށް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވަގުތުން ހައްލުކޮށްދެއްވެން ހުރި ކަންކަން އެމަނިކުފާނު ހައްލުކޮށްދެއްވިކަން ނަރީޝް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ވެސް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ، ޓެކުހާ 'ލާޖައްސައި' ދިނުން ފަދަ މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާކަމަށް ވެސް ނަރީޝްގެ ޕޯސްޓުގައިވެއެވެ.