ބޮޑު ޗުއްޓީ: ޕާސްޕޯޓު އައުކުރުން އަވަސްކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި
ސްކޫލް ބަންދާއި ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕާސްޕޯޓު ހިދުމަތްތަކަށް ބާރުބޮޑުވިޔަ ނުދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވަނީ މުހިންމު އިލްތިމާސެއް ކޮށްފައެވެ.
ދަތުރުފުޅުތައް ރާވާ ފަރާތްތަކުން ޕާސްޕޯޓު އައުކުރުމާއި އާ ޕާސްޕޯޓު ހެދުމަށް ވީހާވެސް އަވަހަށް ހުށަހެޅުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.
އިމިގްރޭޝަނުން މިއަދު އެކްސް (ކުރިން ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސްކޫލް ބަންދާއި ގުޅިގެން ގިނަ ޢަދަދެއްގެ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފަރާތްތައް ގިނަވެ، ޚިދުމަތްތަކަށް ބާރުބޮޑުވެ، ދަތުރުފުޅުތަކަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އިމިގްރޭޝަނުން އަންދާޒާކުރެއެވެ. އެހެންކަމުން، ދަތުރުގެ ތާރީޚާ ކައިރިވަންދެން މަޑުނުކޮށް، ކުރިންވެސް ކަންކަން ހަމަޖެއްސުމަށް ވަނީ އިލްތިމާސްކޮށފައެވެ.
Ads by BMLމުހިންމު ނުކުތާއެއްގެ ގޮތުން އިމިގްރޭޝަނުން ފާހަގަކޮށްފައިވަނީ، ބައިނަލްއަޤުވާމީ ދަތުރުތަކަށް ބޭނުންކުރާ ޕާސްޕޯޓުގައި މަދުވެގެން 6 މަސް ދުވަހުގެ މުއްދަތެއް ބާކީ ހުންނަންޖެހޭ ކަމެވެ. މި މުއްދަތު ހަމަނުވާނަމަ ގިނަ ގައުމުތަކަށް އެތެރެވުމުގެ ހުއްދަ ނުލިބި ހިދުމަތް ހުއްޓިދާނެއެވެ. އެހެންކަމުން، މި މުއްދަތަށްވުރެ ކުރު މުއްދަތެއް ޕާސްޕޯޓުގައި ބާކީ އޮތްނަމަ، ދަތުރުގެ ކުރިން ވީހާވެސް އަވަހަށް ޕާސްޕޯޓު އައުކުރުމަށްވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ޕާސްޕޯޓު ހެއްދުމާއި އައުކުރުމަށް ގިނަ ޢަދަދެއްގެ ފަރާތްތަކުން އެއްފަހަރާ ހުށަހެޅުމުން، ހިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވެ، ކިޔޫ ދިގުވެ، ދިގުލާނެއެވެ.
މިކަމުގެ ސަބަބުން ދަތުރުފުޅުތައް ކޮންމެހެން ކުރުމަށް ރާވާފައިވާ ފަރާތްތަކަށްވެސް ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ވީމާ، ކުރިއާލާ މިކަންކަން ހަމަޖެއްސުމަކީ ދަތުރުފުޅުތައް ހިމާޔަތްކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތްކަމަށް އިމިގްރޭޝަނުން ބުނެއެވެ.
Ads by MACL
