ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ހިންގަމުންދިޔަ 11 ތަނެއް މިއަހަރު ބަންދުކޮށްފިން: ފުލުހުން

މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ހިންގަމުންދިޔަ 11 ތަނެއް މިއަހަރު ބަންދުކޮށްފިން: ފުލުހުން

މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ހިންގަމުންދިޔަ 11 ތަނެއް މިއަހަރު ބަންދުކޮށްފައިވާނެކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ، މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ހިންގަމުންދިޔަ 11 ތަނެއް މިއަހަރު ބަންދުކޮށްފައިވާ ކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ރާއްޖޭގައި ހިންގަމުންދާ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މިއަދު ވަނީ މިއަހަރުގެ އޮޕަރޭޝަންތަކާއި ތަޙްޤީގުތަކާ ގުޅޭ ތަފާސްހިސާބު އާއްމުކޮށްފައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އޮޕަރޭޝަންސް ފާތިހު މުޙައްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ ކެފޭގެ ގޮތުގައި ބޭނުންކުރާ ތަންތަން ބަލައި، އެފަދަ ތަންތަނުގެ ހަރަކާތްތައް ހުއްޓުވުމުގެ އޮޕަރޭޝަންތަކުގައި އެފަދަ 11 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ ގިނަ ކެފޭތަކެއް މާލެ ސަރަޙައްދުގައި ހިންގަމުން އަންނައިރު، ފުލުހުން ވަނީ މިއަހަރު ތެރޭ ވެސް އެކަމާ ގުޅުންހުރި ބޮޑެތި އޮޕަރޭޝަންތައް ހިންގައިފައެވެ.

ފާޠިހު އިތުރަށް ވިދާޅުވީ، ޖަނަވަރީ 1 އިން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ 188 އޮޕަރޭޝަން ހިންގާފައިވާނެ ކަމަށެވެ. މިފަދަ ފުޅާދާއިރާގެ އޮޕަރޭޝަންތަކުން ދައްކުވައިދެނީ ރާއްޖެއިން މަސްތުވާތަކެތީގެ ނުރައްކަލާ ދެކޮޅަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތެވެ.

މި އޮޕަރޭޝަންތަކުގައި ފާހަގަކުރެވުނު ބިދޭސީންގެ ތެރެއިން 137 މީހަކު ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ޙަވާލުކޮށްފައެވެ. އަދި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ފާހަގަކޮށް، ޑްރަގު ކޯޓު މެދުވެރިކޮށް ފަރުވާ ފުރިހަމަކުރުމަށް 301 މީހަކު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ޙަވާލުކޮށްފައިވާނެ ކަމަށް ފާޠިހު ހާމަކުރެއްވިއެވެ.

އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް 16024 މީހެއްގެ ބޮޑީޗެކް ވެސް ފުލުހުން ވަނީ ހަދައިފައެވެ. އެއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ޓްރެފިކިން މިންގަނޑަށް ފެތޭ މީހުންނާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާކަމަށް ބެލެވޭ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ބޮޑީޗެކް ކުރުމުގެ ތެރެއިން 997 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފާތިހު ވިދާޅުވިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަންތަކާއި ތަޙްޤީގުތަކާ ގުޅޭ މިފަދަ މުހިންމު މަޢުލޫމާތުތައް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޙިއްސާކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ހާމަކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.