ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ ---
ކަނޑުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ ---

ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު ލިބިފައި ވަނީ 16:24 އެހާކަންހާއިރު އެވެ. މި މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދާވަރަކުން ހިއްސާކުރާނެ ކަމަށް ފުލުލުހުން ބުނެއެވެ.