ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިނަދޫ ސިޓީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް، މޭޔަރ ސައުދު ޓިކެޓް ކަށަވަރުކުރައްވައިފި

މޭޔަރ ސައުދު އަލީ
މޭޔަރ ސައުދު އަލީ

ތިނަދޫ ސިޓީ މޭޔަރުގެ ޓިކެޓް، މިހާރުގެ ވެސް މޭޔަރ ސައުދު އަލީ ކާމިޔާބު ކުރައްވައިފިއެވެ.

ސައުދު ޓިކެޓް ކަށަވަރު ކުރެއްވީ ކުރީގެ ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި ހުސީ އާއި ވާދަކޮށް ކުރިހޯދައިގެންނެވެ. މިއަދު ވަނީ މާލެ ސިޓީގެ އެމްޑީޕީ ޓިކެޓަށް ވެސް ވޯޓުލާފައެވެ. ވާދަވެރިވާނެ ކަމަށް ބެލެވުނު މި އިންތިހާބު މިހާރުގެ މޭޔަރ އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އާދަމް އާޒިމާއެކު ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. ސައުދު އަލީއާއެކު ވާދަކުރެއްވީ އަހުމަދު ނަސީރެވެ.

ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރި މިއަދުގެ ޕްރައިމަރީގައި ފަސް ހާހަށްވުރެ ގިނަ މީހުން މާލޭގެ ދާއިރާތަކަށް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި 17 ފޮއްޓެއް މާލޭގެ ދާއިރާތަކަށް ޚާއްސަކޮށް ބަހައްޓައިފައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.

މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ އެވެ.