ފައިސާ ޗާޕްކުރުން އެމްޑީޕީ މެމްބަރުންނަަށް ވަރަށް ބޮޑަށް ގޯސްވެއްޖެ
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 9 ބިލިން ރުފިޔާ ކުރިޔަސް މިހާރު އެއީ ގޯސްކަމެއްކަމަށް އެމްޑީޕީ މަޖިލިސް މެމްބަރުން ބުނެފިއެވެ.
2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ވާހަކަ ދެއްކި އެމްޑީޕީން މެމްބަރުންވަނީ ފައިސާ ޗާޕްކުރުމާއި ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކާފައެވެ.
އެމްއެމްއޭއިން ހުޅުމާލެއިން ބިމެއް ގަތުމާއި ދެކޮޅަށް ވާހަކަ ދައްކަވަކުން މައުރޫފް ވިދާޅުވީ ބިން ގަންނަނީ ފައިސާ ޗާޕު ކުރުން އުޒުރަކަށް ހަދައިގެން ކަމަށެވެ. މިއީ އިގްތިސާދުގެ ހަމަޖެހުން ނަގާލައި އިގްތިސާދަށް އިއާދަ ނުކުރެވޭ ދާއިމީ ގެއްލުމެއް ދޭނެ ގައިރު ޒިންމާދާރު އަމަލެއް ކަމަށް އަޅުގަނޑުމެން މި ދަންނަވަނީ،" މައުރޫފް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ރައީސް [މުހައްމަދު] މުއިއްޒުގެ ސިޔާސީ ކުޅިއަކަށް އެމްއެމްއޭ ހައްދަވާތީ ކަމަށެވެ.
Ads by BMLއެހެންނަމަވެސް ސަރުކާރުގެ މެމްބަރުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ސަރުކާރުގެ މެމްބަރުންގެ ފަރާތުން ވާހަކަދައްވަމުން މެމްބަރުން ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ކަމަށެވެ.
Ads by MACL
