ދިވެހި އަންހެން އުމްރާވެރިއެއް، ފުރަތަމަ އުމްރާ ނިންމާ ދެވަނަ އުމްރާއަށް ދިޔައީ ފޯނެއް ވަގަށް ނަގައިގެން!
ޑިސެމްބަރު އުމްރާއަށް ދިޔަ ގުރޫޕު ތަކުގެ ތެރެއިން އެއް ގުރޫޕެއްގައި ހިމެނޭ ދިވެހި އަންހެންނަކު ފޯނެއް ވަގަށް ނެގި ތުހުމަތާއި އެކު ވީޑިއޯ އާންމުކޮށްފިއެވެ.
ފޭސްބުކްގައި އެމީހާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، ޖެނުއަރީ 3 ވަނަ ދުވަހު ހެނދުނު 8:55 ހާއިރު އުމްރާވެރިން ތިބޭ ހޮޓަލުގެ ލޮބީގެ ސޯފާގައި ފޯން ބޭއްވުނު ކަމަށެވެ. އަދި އެ ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށްދިޔަ ދިވެހި އަންހެނަކު ނެގި މަންޒަރުފެންނަ ކަމަށާއި ފޯން ހޯދަން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.
މި ވީޑިއޯ ފެނުމާއި ގުޅިގެން މިފަރާތުގެ ބަހެއް ހޯދާލުމަށް މިނޫހުން ކުރި މަސައްކަތުން މިފަރާތާއި ގުޅި ކަން ހިނގައި ދިޔަ ގޮތް ވަރަށް ތަފްސީލުކޮށްވަނީ ކިޔައި ދީފައެވެ.
Ads by BMLޔާސިރު ( އަސްލުނަމެއް ނޫން) މައުލޫމާތު ދިން ގޮތުގައި އެމީހުން އުމްރާގެ އަޅުކަމަށް ދިޔައީ ދަ ޓްރެވަލާގެ ހަވާލުގައި ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި އެ ގުރޫޕް ބަދުނާމު ކުރުމަށް ނުވަތަ އެހެން އެއްވެސް ބޭނުމެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫންކަމުގައި ކަމަށެވެ. ފޯނު ހޯދައި ދޭން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވުމާއި، މިފަދަ ދަތުރު ތަކުގައި ރޫމް ޝެއަރ ކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް އެދޭތީ މިވާހަކަތައް ހިއްސާ ކުރީ ކަމަށެވެ.
އޭނާ ވިދާޅުވީ ފޯން ގެއްލުނީ ޖެނުއަރީ 3 ގައި ކަމުން މާލެ އައުމާއި ހަމައަށް ފޯން ހޯދަން އޭނާ ވަރަށް މަސައްކަތް ކުރި ކަމަށެވެ. އަދި 12 ވަނަ ދުވަހު މާލެއައުމާއި ހަމައަށް ފޯނު ފެނިފައި ނުވާކަމަށެވެ. ފޯން ބޭއްވުނު ތަނާއި، ފޯން ނެގިފަރާތް ދެނެގަނެވޭނެ ވަރަށް ސީސީޓީވީ ފުޓޭޖް ހޮޓަލުގައި ހުއްޓެވެ.
ސީސީޓީވީ ފުޓޭޖުންވެސް ފޯން އޮތްތަނާއި، ފޯން ނެގިތަން އަދި ފޯން ނަގައިގެން ފަހުން އެ އަންހެންމީހާގެ އަމަލުތައް ހުރިގޮތް ވަރަށް ރީތިކޮށް ފެންނަން ހުރިއިރު ކާކުކަމެއް އޭނާއަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. ޔަގީންވާ ކަމަކީ ޓްރެވަލާގެ ހަވާލުގައި އަދި އެ ގްރޫޕުގެ ކާޑު އެޅި އަންހެނެއް ކަމަށެވެ. އަދި އެއީ ފުރަތަމަ އުމްރާ ނިންމައި ދެވަނަ އުމްރާއަށް ދިއުމަށް ނިކުތް ވަގުތާއިއެކު ދިމާވި ކަމެއްކަމަށެވެ.
ޔާސިރު ވިދާޅުވީ ފޯނު ހޯދައިދޭން އެކިފަހަރު އެކިގޮތްގޮތަށް ގުރޫޕުގެ ވެރިންނާއި ހިއްސާ ކުރިކަމަށެވެ. އަދި އެބޭފުޅުންނަށް ސީސީޓީވީ ފުޓޭޖް ހޯދަން އުނދަގޫ ވުމުން އަމިއްލައަށް ހޮޓަލާއި ވާހަކަ ދައްކައިގެން ވީޑިއޯތައް އެމީހުންނާއި ހިއްސާކުރިކަމަށެވެ. އެތަނުން އެއް ވީޑިއޯ ވައިބާ ގުރޫޕަށް ލައި އޮޅިގެން މި ފޯން ނެގިފައިވާނަމަ ހަވާލުކޮށްދެއްވުމަށް އެދުނު ނަމަވެސް އެއްވެސް ފަރާތްތަކުން ފޯން ހަވާލުކޮށްދީފައި ނުވާކަމަށެވެ. އޭގެ ފަހުން އެ އަންހެން މީހާގެ ހަރަކާތްތަކުން އެންމެ ފަހުން އެރި ފްލޯގެ ތަފްސީލް ވެސް ގްރޫޕުގެ ވެރިންނާއި ހިއްސާކޮށްފައިވާނެ ކަމަށް އަނިލް ވިދާޅުވިއެވެ. އެފަހުން ފޯން ހޯދުމަށް އެގުރޫޕުން މަސައްކަތް އެދެވޭގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.
ޔާސިރު ވިދާޅުވީ އޭނާ ބޭނުންވަނީ ހަމައެކަނި ފޯނު ކަމަށާއި، އެފޯނުގައި ބައިވަރު މީހުންގެ އެކިއެކި މައުލޫމާތު ހުރިކަމަށެވެ. ސަރުކާރު އިދާރާއެއްގައި ދިގުމުއްދަތަށް މަސައްކަތްކޮށްފައި ވުމުން ، މި މުއްދަތުގައި ވަރަށް ގިނަ ޑޭޓާ ތަކެއް ފޯނުގައި ހުންނާނެކަމަށެވެ. ފޯން ނެގީ ކާކުތޯ ބަލަން ބޭނުންނުވާ ކަމަށް ވެސް އެދިފައިވާނެ ކަމަށާއި، އެ ފަރާތަށް މާފުވެސް ކޮށްދޭނެ ކަމަށާއި ހަމައެކަނި ބޭނުންވަނީ ފޯނު ކަމަށެވެ.
ހައްޖާއި އުމްރާގެ އަޅުކަމަށް ދާ ބައެއް ދިވެހީންގެ ގޯސް އަމަލުތައް މީގެ ކުރިންވެސް ތިލަ ވެފައި އެބަހުއްޓެވެ. ފިހާރަތަކުން ވައްކަން ކުރުމާއި، ވޮލެޓް ގެއްލުން ފަދަ ބައެއްކަންކަން ވަނީ ތިލަވެފައެވެ.
Ads by MACL
