ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިޚާބު ޕޯޓަލް: ކެމްޕޭންގެ ދަތިތަކަށް ޒަމާނީ ޙައްލެއް

އިންތިޚާބު ޕޯޓަލް: ކެމްޕޭންގެ ދަތިތަކަށް ޒަމާނީ ޙައްލެއް

"އިންތިޚާބު ޕޯޓަލް" ގެ ނަމުގައި "ލޫޕް ހަބް" އިން، ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ހާއްސަ ޕޯޓަލްއެއް ލޯންޗުކޮށްފިއެވެ.

މި ޕޯޓަލްއަކީ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ ކެމްޕޭން ޓީމުތަކަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ނިޒާމެކެވެ.

ޚާއްޞަކޮށް، އެތައް ހާސް ވޯޓުލާ މީހުންގެ މަޢުލޫމާތު ބެލެހެއްޓުމާއި، ކެމްޕޭންގެ ކުރިއެރުން ވަޒަންކުރުމުގެ އިތުރުން، ޓީމުގެ މަސައްކަތްތައް ވަގުތުން ވަގުތަށް ކޯޑިނޭޓް ކުރުމަށް މި ޕޯޓަލްގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

އެއް ޕްލެޓްފޯމެއްގައި ހަ ނިޒާމެއް

"އިންތިޚާބު ޕޯޓަލް" ފަރުމާކޮށްފައިވަނީ ބޭނުންކުރަން ފަސޭހަ، އެއް އިންޓަރފޭސްއެއްގެ ދަށުން ވަރުގަދަ ހަ ސިސްޓަމެއް ހިމަނައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

ވޯޓާސް މެނޭޖްމަންޓް: ވޯޓުލާ މީހުންގެ ފުރިހަމަ ޑޭޓާބޭސްއަކާއެކު، ވަގުތުން މަޢުލޫމާތު ހޯދައިގަނެވޭނެ ނިޒާމް.

ޑޯ-ޓޫ-ޑޯ ޓްރެކިންގ: ގޭގެއަށް ޒިޔާރަތްކުރާ މިންވަރާއި، ވޯޓުލާ މީހުންނާ ކުރެވޭ މުޢާމަލާތްތައް ބަލާނެ ނިޒާމް.

ރީ-ރަޖިސްޓްރޭޝަން މެނޭޖްމަންޓް: ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން ކަންކަން ހަރުދަނާކޮށް ބެލެހެއްޓުން.

ޓްރެވަލް ރިކުއަޔަރމަންޓް މެނޭޖްމަންޓް: ދަތުރުފަތުރުގެ އެހީތެރިކަން ބޭނުންވާ ވޯޓުލާ މީހުންގެ ކަންކަން ކޯޑިނޭޓްކުރުން.

ޑިމާންޑްސް މެނޭޖްމަންޓް: ވޯޓުލާ މީހުން އެދޭ ކަންކަމާއި ކެމްޕޭންގައި ވެވޭ ވަޢުދުތައް ފޮލޯއަޕްކުރުން.

އިލެކްޝަން ޑޭ މެނޭޖްމަންޓް: ވޯޓުލާ ދުވަހު ހުރިހާ މަސައްކަތެއް ވަގުތުން ވަގުތަށް ކޯޑިނޭޓްކުރުން.

ކެމްޕޭންގެ ދަތިތަކަށް ޒަމާނީ ޙައްލެއް

ލޫޕް ހަބް އިން ވިދާޅުވީ، ކެމްޕޭން ޓީމުތަކުން ސްޕްރެޑްޝީޓްތަކާއި ކަރުދާސްތައް ބޭނުންކޮށްގެން މަޢުލޫމާތު ހޯދުމުގައި އުފުލާ ތަކުލީފުތައް މި ޕޯޓަލްގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އިންތިޚާބު ޕޯޓަލްއާއެކު، ކެންޑިޑޭޓުންނަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވޯޓުލާ މީހެއްގެ މަޢުލޫމާތު ހޯދައި، ކެމްޕޭންގެ ކުރިއެރުން ވަގުތުން ބަލައިލެވޭނެ ކަމަށާއި، މުޅި ޓީމު އެއްތަނަކުން މެނޭޖްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

މި ޕޯޓަލްގެ އެކި ބޭނުންތަކަށް ޚާއްޞަ އަގުތަކެއްގެ ޕެކޭޖުތައް ހުރި އިރު، ޕޯޓަލްގެ ޑެމޯއެއް ބައްލަވާލެއްވުމަށް ނުވަތަ ޕޯޓަލް ބައްލަވައިގަތުމަށް ލޫޕް ހަބްގެ ފޯނު ނަމްބަރު 9841414 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި ޕޯޓަލްއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެ ބޭފުޅުންގެ ކެމްޕޭން އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ އެހީގައި ކާމިޔާބީއާ ހަމައަށް ވާޞިލްވުމަށް ހުޅުވިގެންދާ މުހިންމު ދޮރެކެވެ.