ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

14 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އަންނަމަހު 5 ގައި

14 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އަންނަމަހު 5 ގައި

18 ޓީމާއިއެކު 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ފެށުމަށް ގުރުއަތުލުން ބާއްވައިފިއެވެ.

އެފްއޭއެމުގެ އޮފީހުގައި އިއްޔެ މި މުބާރާތުގެ ގުރުއަތުލުން ބޭއްވި އިރު، މިއަހަރުގެ މުބާރާތުގައި ޖުމްލަ 18 އެކަޑަމީއަކުން ވާދަކުރެއެވެ. ކޮންމެ ޓީމެއްގައިވެސް 25 ކުޅުންތެރިންނާއި އަށް އޮފިޝަލުން ހިމެނޭއިރު، މިއީ 14 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

ތިރީސް މިނެޓުގެ ދެ ހާފް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް އޮންނާނީ އިލެވެން ވީ އިލެވެން ފޯމެޓަށެވެ.

މުބާރާތުގެ މެޗުތައް ހަފްތާ ބަންދުގައި ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ވާދަކުރާ ޓީމުތައް ތަރުތީބުކޮށްފައިވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

މިގޮތުން ގުރޫޕް އެކެއްގައި ހިމެނެނީ ޔުނައިޓެޑް ވިކްޓްރީ، އޮޑި ސްޕޯޓްސް އެކަޑަމީ، އަޝްފާގް އެކަޑަމީ، ވިލިމާލެ ޔުނައިޓެޑް، ބިސްބުރު ސްޕޯޓްސް އެކަޑަމީ އަދި ހުޅުމާލެ ޔޫތް އެންޑް ސްޕޯޓްސް އެކަޑަމީއެވެ.

ގުރޫޕް ދޭއްގައި ހިމެނެނީ އީގަލްސް އެކަޑަމީ، ޓީސީ ސްޕޯޓްސް ކުލަބު އެކަޑަމީ، ބީޖީ އެކަޑަމީ، އެޑްވެންޗަ ފުޓްބޯލް އެކަޑަމީ، ޖޫނިއަ ފުޓްބޯލް އެކަޑަމީ އަދި މަހިބަދޫ ސްޕޯޓްސް ކުލަބު އެކަޑަމީއެވެ.

އަދި ގުރޫޕް ތިނެއްގައި ހިމެނެނީ ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޓާސް އެކަޑަމީ، ހުއްރިއްޔާ އެކަޑަމީ، ފްރެންޑްސް ފުޓްބޯލް ފެމިލީ އެކަޑަމީ އަދި މޯލްޑިވްސް ސޮކަމޭޓްސް އެކަޑަމީއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގެ އެންމެ ގަދަ 10 ޓީމު ހޮވުމަށްފަހު ލީގު ބުރުގެ ކުޅުން ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ރަމަޟާން މަހަށް ފަހުއެވެ.