ސަރުކާރާއި ދެކޮޅު ވިސްނުމުގައި މަސައްކަތްކުރާ ކެންޑިޑޭޓުން ހޮވައިގެން ވާނެ ފައިދާއެއްނެތް: މެޑަމް ސާޖިދާ
މި ސަރުކާރާއި ދެކޮޅު ވިސްނުމުގައި މަސައްކަތް ކުރާ ކެނޑިޑޭޓުންތަކެއް ހޮވައިގެން ވާނެ ފައިދާއެއް ނެތް ކަމަށް މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.
މެޑަމް އެފަދައިން ވިދާޅުވީ، ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގައި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މެޑަމް ވިދާޅުވީ، އެކަމަނާއަކީ މާފަންނު ދެކުނު ދާއިރާގެ މީހެއް ކަމުގައި ނުވިއަސް، އެ ދާއިރާގައި ވަރަށް ގިނަ ދުވަހު އުޅެފައިވާ ކަމަށެވެ. އެ ދާއިރާ މީގެ ކުރިން އޮތްގޮތް ހަނދުމަފުޅު ހުންނަ ކަަމަށާއި ނަމަވެސް ރައްޔިތުން މާބޮޑަށް ހަނދާން ހުންނާނެ ކަމަށެވެ.
Ads by BMLމީގެ އިތުރުން ރަސްފަނު އޮތް ގޮތާއި ފުޑް ކޯޓް އޮތް ގޮތް. މިކަންކަން ރަނގަޅުކުރެއްވީ ކޮން ބޭފުޅެއްގެ މޭސްތިރިކަމެއްގަތޯ ވިސްލާނަންޖެހޭ ކަމަށާއި މިއީ ރައީސް މުއިއްޒު ހޯމް މިނިސްޓަރަކަށް ހުންނެވިއިރުގައި ކުރެއްވި މަސައްކަތްތަށް ކަމަށެވެ. އޭގެ އިތުރުން މޭޔަރު ކަމުގައި މަގާމުގައި ވެސް ދެ އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ވަނީ ކޮށްދެއްވާފައިކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލަރުން ހޮވައިގެން ރައްޔިތުންނަށް ގެއްލުންވާނެކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
Ads by MACL
