ދިރާސީ އާ އަހަރުގެ ތަހުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި
ދިރާސީ އައު އަހަރުގެ ހެޔޮ އެދުމާއި، ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ، މި ފެށުނު ދިރާސީ އަހަރަކީ، ކޮންމެ ކިޔަވާ ކުއްޖަކަށްވެސް ފާގަތި، ބާއްޖަވެރި އަހަރަކަށް ވުން އެދި ދުޢާ ދަންނަވާފައެވެ.
އަދި ދިރާސީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަރިވަރުންނާއި ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ އެދުރުންގެ އިތުރުން، ހިންގުންތެރިންނާއި އެހީތެރިންނަށް އަރިސްކުރާކަމަށް ވިދާޅުވިއެވެ.
Ads by BMLމީގެ 4 އަހަރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާގޮތަށް އޮތް އޮތުން ބަދަލުކުރުމަށްފަހު މިއަދު ވަނީ، ފުރަތަމަ ފަހަރަށް ޖަނަވަރީ މަހުގައި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ސަރުކާރުގެ 218އެއްހާ ސްކޫލްގައި 77،000އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން ދާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
Ads by MACL
