މިވެސް ހެޔޮ ބަދަލެއް، ވައުދުވި ގޮތަށް ކްރެޑިޓް ކާޑް ލިމިޓް އަންނަ މަހުން ފެށިގެން ބޮޑުވާނެ!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުން ކޮންމެ ކަސްޓަމަރަކަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް ކޮންމެ މަހަކަށް ކަނޑާއަޅާފައިވާ ލިމިޓް ފެބްރުއަރީ އެކަކުން ފެށިގެން ބޮޑުވާނެކަމަށް ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުގެ ދަށުން ވަނީ ޓައިމްލައިންތަކެއް އެކަށައަޅާފައެވެ. އަދި އެޓައިމްލައިން އާއި އެއްގޮތަށް ބީއެމްއެލްއިން ދަނީ ބަދަލުކުރަމުންނެވެ.
ޓައިމްލައިންގައި ވާގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައި ވެއެވެ.
Ads by BMLއަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
އަންނަ މަހުން ފެށިގެން ގެނެވޭ ބަދަލަކީ ފެށިގެން ކްލެސިކް ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކުރިން ކަނޑަޅާފައި އޮތް 750 ޑޮލަރުގެ ބަދަލުގައި، 1،400 ޑޮލަރަށް އިތުރުވެގެން ދާނެއެވެ.
އަދި ގޯލްޑް ކްރެޑިޓް ކާޑުން މުއާމަލާތްތަކަށް ކުރިން ކަނޑަޅާފައި އޮތް 750 ޑޮލަރުގެ ބަދަލުގައި، 1،500 ޑޮލަރަށް އިތުރުވެގެންދާއިރު، ޕްލެޓިނަމް ކްރެޑިޓް ކާޑުން މުއާމަލާތްތަކަށް ކުރިން ކަނޑަޅާފައި އޮތް 1500 ޑޮލަރުގެ ބަދަލުގައި، 3،000 ޑޮލަރަށް އިތުރުވެގެން ދާނެއެވެ.
ރަައީސް ވިދާޅުވީ، މިކަންކަމަކީ ގާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން ކަމަށެވެ.
Ads by MACL
