5 އަހަރުގެ ދައުރެއް ނިމުނުއިރު ކިތައް ގާނޫނު ޕެރަލައިޒް ކުރިތޯ؟ ކިތައް ކުންފުނި ދަރުވާލިތޯ؟ : މެމްބަރު މުހައްމަދު
އެމްޑީޕީން ނެގި ބޮޑެތި ލޯނުތައް، ބޮޑެތި އިންޓަރެސްޓުގައި ނެގި ލޯނުތައް، ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނޭ ރަނގަޅު ހަރުދަނާ ސިޔާސަތުތަކު ގެ ދަށުން ގެންދަވަނީ ދައްކަވާ ޚަލާސް ކުރަށްވަމުންކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވިދާޅުވީ މިއީކީ ޚިޔާލީ ފޮލައިގެ ތެރެއިން މި ބޭފުޅުން ހިތަށް އަރައިގެން ދައްކާ ވާހަކައެއް ކަމަށެވެ. މި ބޭފުޅުންނަށް، މި ބޭފުޅުންގެ ޤައުމު ހިންގަން ރައްޔިތުން ފަސް އަހަރެއް ދިންކަމަށެވެ.
މުހައްމަދު އިތުރަށް ވިދާޅުވީ މިވެރިކަން ހިނގަމުންއަންނަ އިރު ރައްޔިތުންތިބީ ހިތްހަމަޖެހިގެން ކަމަށެވެ. ނަގާފައިވާ ބޮޑެތި ލޯނު ދަނީ ދައްކަމުންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ލޯނުތައް ދެއްކޭނެކަމުގެ 100 ޕަސެންޓް ޔަގީން އެބައޮތްކަމަށެވެ.
މިއީކީ ޚިޔާލީ ފޮލައިގެ ތެރެއިން މި ބޭފުޅުން ހިތަށް އަރައިގެން ދައްކާ ވާހަކައެއް، މި ބޭފުޅުންނަށް، މި ބޭފުޅުންގެ ޤައުމު ހިންގަން ރައްޔިތުން ފަސް އަހަރެއް ގައި ދިންއިރުގައި މި ބޭފުޅުން ދައްކަމުން އައި ވާހަކަތައް، ކިހާ ހިސާބަކަށްތޯ ރިޔާސީ ކެންޑިޑޭޓު އޭރުގައި 2018ގައި އިންތިޚާބުގައި ވާހަކަތައް ދައްކަމުން އައ.ީ އައިއިރުގައި އެގޮތަށް 5 އަހަރެއް ނިމުނުއިރުގައި ކިތައް ގާނޫނު ޕެރަލައިޒްކޮށްފައިތޯ؟ ކިތައް ކަންތައްތޯ ގާނޫނާ ޚިލާފަށް ކުރެވުނީ؟ ކިތައް ކުންފުނިތޯ ދަރުވައިލެވުނީ؟ ކިތައް ކުންފުނިތޯ ބެންކްރަޕްސީއާ ހަމައަށް ދިޔައީ؟ ޤައުމު ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވި އިރު ޤައުމު އޮތީ ލަންކާ އޮތް ހާލަތަށް ދާން
ނިމިދިޔަ ވެރިކަމުގައި އެމްޑީޕީން ވަނީ 9 ބިލިއަން ރުފިޔާ ޗާޕްކޮށްފައެވެ. އަދި މި ސަރުކާރުންވަމީ އޭގެ ތެރެއިން 8 ބިލިއަން ރުފިޔާ އަނބުރާ އެމްއެމްއޭ އަށް ރިކަވާކޮށްފައެވެ.
Ads by BML
Ads by MACL
