ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީ ސިފަވަނީ ޕޯޗުގީޒުން، ހޮޅީން ދިވެހި ގައުމަށް ކުރި ފަދަ އަނިޔާ ކުރި ބައެއްގެ ގޮތުގައި: މެމްބަރު މުސްތަފާ

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ

އެމްޑީޕީ ސިފަވަނީ ޕޯޗުގީޒުން، ހޮޅީން ދިވެހި ގައުމަށް ކުރި ފަދަ އަނިޔާ ކުރި ބައެއްގެ ގޮތުގައި ކަމަށް މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ "އެމްއެމްޓީވީ"ގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިންމާލި އިރު ގައުމު ދަރަނިވެރިކޮށްލާފައި ދިއުމުން ޕޯޗުގީޒުންނާއި އެމްޑީޕީއާ ދެމެދު މާ ބޮޑު ފަރަގެއް ހުރިކަމަށް ގަބޫލު ނުކުރައްވާކަމަށޭވެ. އަދި އެމްޑީޕީ ސިފަވަނީ ޕޯޗުގީޒުން، ހޮޅީން ދިވެހި ގައުމަށް ކުރި ފަދަ އަނިޔާ ކުރި ބައެއްގެ ގޮތުގައި ކަމަށާއި  ހާއްސަކޮށް މިދިޔަ ފަސް އަހަރުގެ ވެރިކަން އަޅުގަނޑަށް ސިފަވެގެންދަނީ މިގޮތަށް ކަމަށެވެ.

ކުޑަ މިސާލެއް ދަންނަވާލާނަމަ ރާއްޖޭގައި ސުކޫލެއް އެޅިޔަސް، މިސްކިތެއް އެޅިޔަސް، ބުރިޖެއް އެޅިޔަސް މިދިޔަ ސަރުކާރުތަކުން ރާއްޖެއަށް ތަރައްގީ ގެނެސްފައި އޮންނާނީ 64 ބިލިއަން ރުފިޔާގެ ދަރަންޏާއެކުގައި ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް އައުމާއެކު މި އަދަދު އަރުވާލީ 144 ބިލިއަނަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ދައްކަމުން މިދަނީ 50 އަހަރު ރާއްޖޭގައި ތަރައްގީ ހިންގޭނެ ފައިސާގެ ވާހަކަ ކަމަން ހާމަކުރައްވައި އެ ފައިސާއަށް ވީގޮތް އެމްޑީޕީއަށް ބުނެދެވިފައި ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ. ފަސް އަހަރުގެ ދައުރެއް ނިންމާލި އިރު ގައުމު ދަރަނިވެރިކޮށްލާފައި ދިއުމުން ޕޯޗުގީޒުންނާއި އެމްޑީޕީއާ ދެމެދު މާ ބޮޑު ފަރަގެއް ހުރިކަމަށް ގަބޫލު ނުކުރައްވާކަމަށް މެމްބަރު ވިދާޅުވިއެވެ.