ވިލިފުށީ އެއާރޕޯޓް ވައުދު: 2025 ސެޕްޓެމްބަރުގައި ވައުދުވީ، ބިން ހިއްކުން މިހާރު ނިމުމަކާ ގާތަށް!
ކޮޅުމަޑުލު ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތުގެ ބިން ހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމައި ބޮޑު ކުރިއެރުމެއް ގެނެސްފިއެވެ.
ވިލުފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ވިލުފުއްޓަށް ވަޑައިގެން އެކަމަށްޓަކައި ހާއްސަކޮށް އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބޭހޭ ވަޒީރު މޫސާ ޒަމީރުއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދުއެވެ.
Ads by BMLވިލުފުށީ އެއަރޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށްފަހު، އެމަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ވަނީ އޭރު ފަށާފައެވެ. އެމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.
މިހާރު އެމަސައްކަތުގެ ތަފްސީލް ހާމަކޮށްދެއްވަމުން އެމްއޭސީއެލުން ޖީލަށް ވިދާޅުވީ ބިން ހިއްކުމުގެ މުޅި މަސައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ދަނީ ވެސް ޝެޑިއުލާއި އެއްގޮތަށް ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
ވިލިފުށީ ބިން ހިއްކުމަށް ބޭނުން ކުރަމުން ދަނީ ފިލިޕޯ ބްރުނެލެޗީ އެވެ. މިއީ ކެޕޭސިޓީގައި 11،300 ޓަން ހުންނަ ބޯޓެކެވެ.
ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މުޅި މަޝްރޫއަށް ހޭދަވާނީ 30 މަސްދުވަސް ކަމުގައި އެމްއޭސީއެލުން ބުނެއެވެ.
Ads by MACL
