ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު ރަޝީދު ޕީއެންސީއަަށް

އަހުމަދު ރަޝީދު ޕީއެންސީއަށް ސޮއިކޮށް ފޯމް ރައީސްއާއި ހާވާލުކުރައްވަނީ
އަހުމަދު ރަޝީދު ޕީއެންސީއަށް ސޮއިކޮށް ފޯމް ރައީސްއާއި ހާވާލުކުރައްވަނީ

އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްކަމަށްވާ އަހުމަދު ރަޝީދު ވެރިކަން ކުރާ ޕީއެންސީއާ ގުޅިއްޖެއެވެ.

އަހުމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރުމަށްފަހު އޭނާގެ ފޯމް ހަވާލުކުރައްވާފައި ވަނީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އަހުމަދު ރަޝީދު ޕީއެންސީއާ ގުޅިވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައެވެ.

އަހުމަދު ރަޝީދުގެ ފޯމް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާއި ޕީއެންސީގެ ބަހެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.