ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރިޔާސީ ވައުދު ފުއްދުން: ތ އަދި ނ އަތޮޅުގައި ޑައިލިސިސް ހިދުމަތް ފަށަނީ، ހިދުމަތް ނުފެށި ބާކީ 7 އަތޮޅު!

ޑައިލިސިސް ސެންޓަރެއް
ޑައިލިސިސް ސެންޓަރެއް

ޑައިލިސިސްގެ ޚިދުމަތް ތ. އަދި ނ. އަތޮޅުގައި މިމަހު ފެށުމަށް ސިއްޙީ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް އެންމެ އަވަހަށް ފަށާނީ ތ. އަތޮޅުގައިކަމަށެވެ.

ތ. އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ވޭމަންދޫގައި ހުންނަ ތ.އަތޮޅު ހޮސްޕިޓަލުގައެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ސިއްޙި ޚިދުމަތްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެތޮޅުގައި ފަށާ ޚިދުމަތެކެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސ ޑައިލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ނ. އަތޮޅުގައިވެސް މިމަހު ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.

ޑައިލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ އިހަވަންދޫގައެވެ. އެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ.