ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2 ޝަރީފަށް ސާބަސް، ދިވެހީންގެ ބޭންކާއި ދިވެހީންގެ އެއާޕޯޓު ކުންފުނި، ތަރައްގީގެ މުހިންމު ބައިވެރިޔަކަށް!

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ އަދި އެމްއޭސީއެލްގެ ސީއީއޯ
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ އަދި އެމްއޭސީއެލްގެ ސީއީއޯ

ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ދެ ތަނބަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. މި ދެ މުއައްސަސާގެ ހިންގުމާ މުހައްމަދު ޝަރީފް ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި ވަނީ ނުހަނު ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ.

މިއީ ދެބަސް ވެވޭނެ ކަމެއް ނޫންކަން ދައްކުވައިދެނީ، މި ދެ ކުންފުނިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުރަމުންދާ ހޭދަތަކާއި، ކުރިއަށްގެންދާ މަޝްރޫއުތަކުންނެވެ. އަދި މި ދެ ކުންފުނީގެ ބައިވެރިވުން އޮންނަ މަސައްކަތެއް ކާމިޔާބު ކަމާއިއެކު ކުރެވެމުންދާތަން ފެންނަކަން މިއަދު ދިވެހިން ހެކި ވާނެއެވެ.

ބޭންކް އޮފް މޯލްޑިވްސް: އިގްތިސާދީ ހަމަޖެހުމުގެ ބައިވެރިއެއް


ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރަކަށް މުޙައްމަދު ޝަރީފް އައްޔަން ކުރައްވާފައިވަނީ 16 އޮކްޓޯބަރ 2024 ގައެވެ. އަދި އެއީ ބީއެމްއެލް ވުޖޫދުވި ފަހުން އައްޔަންކުރެވުނު ފުރަތަމަ ދިވެހި މެނޭޖިން ޑިރެކްޓަރެވެ. ޝަރީފް ބީއެމްއެލްއާއި ހަވާލުވިއިރު، ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު އެއްކޮށް ކަނޑާލި މައްސަލަ ހޫނުވެ ސަރުކާރާއި ދެކޮޅަށް ފައިނޭޝިއަލް ބަޣާވާތެއް ކުރާން އުޅުނު ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.
ބީއެމްއެލްގެ ސީއީއޯގެ ދައުރުގައި، ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ހާއްސަ ލޯނުތަކާއި މަޝްރޫއުތައް ވަނީ ތައާރަފުކޮށްފައެވެ. މީގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ މުހިންމު ނިޒާމެއް ގާއިމްކޮށް، ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަކީ ބީއެމްއެލްއިން ހޯދި ބޮޑު ކާމިޔާބީއެކެވެ. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިޔައެވެ. ހަމައެއާއެކު، ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ދޭންޖެހޭ ފައިސާ، އެއްވެސް މެދުކެނޑުމެއްނެތި ބަރާބަރަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މަސްވެރި އާއިލާތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މިއާއިއެކު މިދިޔަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 16.1 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 10 ޕަސެންޓް އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޠް ކުރިއެރުމެކެވެ.

ރާއްޖޭގައި ކުޑަ އަގެއްގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓްގެ ދަށުން ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު، ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ. މި ބިޔަބޮޑު މަޝްރޫއުގެ މަސައްކަތްވަނީ އަމަލީ ގޮތުން ފަށާފައެވެ.

އެމްއޭސީއެލް: އުމްރާނީ ތަރައްގީގެ އާ އުސްމިންތަކެއް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުމާ ޝަރީފް ހަވާލުވެވަޑައިގަތުމަށްފަހު، އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް، ރާއްޖޭގެ ފަތުރުވެރިކަމަށް އާ ދިރުމެއް ވަނީ ގެނެސްދީފައެވެ. އާ ޓާމިނަލާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިގްތިސާދަށް އޭގެ ފައިދާ ކުރަން ވަނީ ފަށާފައެވެ.

އެމްއޭސީއެލްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ވަނީ ފަށާފައެވެ. ރައީސުލް ޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގައި މިވަގުތު ދުނިޔޭގެ އެންމެ ބޮޑު ބިންހިއްކާ ޑްރެޖަރުތައް ވަނީ ރާއްޖެ ގެނެވިފައެވެ. އަދި މި ޑްރެޖަރުތަކުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް އެބަދެއެވެ.

ކުރީ ސަރުކާރުން، ލިޔުން ހަވާލުކޮށްފައިވާ ގޯތިތަށް ދިނުމަށް ބިން ހިއްކުން ހަވާލުވީ މި ސަރުކާރާއިއެވެ. ހުޅުމާލެ ފޭސް 3 ހިއްކައި ނިންމައި މިހާރު އެކުންފުނިން މިސްރާބު ޖަހާފައިވަނީ ގިރާވަރު ފަޅު ހިއްކުމަށެވެ.

އަތޮޅުތަކުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ފަހުގެ ތާރީޚްގައި ރާއްޖޭގެ ތަރައްގީއަށް ބީއެމްއެލް އާއި އެމްއޭސީއެލް އިން ކޮށްފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މި ދެ މުއައްސަސާއިން ވަނީ މާލީ ހިދުމަތްތަކާއި، ގެދޮރުވެރިކަމާއި، އިގްތިސާދީ ހަމަޖެހުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

މި ދެ މުއައްސަސާގެ ވެރިންގެ ދުރުވިސްނޭ އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ކުރިމަގަށް އުއްމީދު ގެނެސްދޭ ކަންކަމެވެ. މިފަދަ މަސައްކަތްތަކުން ރާއްޖެ އިތުރަށް ބާރުގަދަވެ، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ އުއްމީދު ބޮޑެވެ.