ބާރަށު ރައީސްގެ ގޮނޑި ވެސް ޕީއެންސީއަށް، މެމްބަރ ސުޖާޢަށް ވަރަށް ހާއްސަ ކާމިޔާބީއެއް!
އިންތިހާބަކާއި ނުލައި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ހއ ބާރަށު ރައީސްގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކަށަވަރު ކޮށްފިއެވެ.
މިކަން ޖީލަށް ވަނީ ކަށަވަރުވެފައެވެ. މި ގޮނޑި ކަށަވަރުކޮށްފައިވަނީ އަލީ ޝަމީމް އެވެ. ޝަމީމް މި ގޮނޑި ކަށަވަރުކޮށްފައިވަނީ އޭނާއާއި ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުންނެވެ.
މިކަކުގެ އުފަލުގައި މެމްބަރު ސުޖާ ސޯޝަލް މީޑިއާގައި ހިއްސާކޮށްލީ ހާއްސަ ލަވައެކެވެ. އެރޭ ހާދަރުއިމޭ ހަނދާންވޭ އެމަންޒަރު، ދުށީން ދާދި ކައިރިން.
މަރުޙަބާ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމް (އަލިބެ).މާތްاللهގެ ވާގިފުޅާއެކު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޢަލިބެގެ ރައީސް ކަމުގެ ދައުރުގައި ބާރަށު ރައްޔިތުން ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލް ކުރާނެކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެތް ނުކުރަން. މެމްބަރ ސުޖާ
ބާރަށު ގޮނޑިއާއިއެކު އިންތިހާބަކާ ނުލައި އދ. ދިއްދޫ އަދި އެ އަތޮޅު މަންދޫ ކައުންސިލް ރައީސްގެ ގޮނޑި ވެސް ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ކަށަވަރުވެފައެވެ.
އެނގިފައިވާގިތުން މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވެ ވަޑައިގަތީ މިހާރު ވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދެވެ. އަދި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދެ ގޮނޑި ޕީއެންސީއަށް ލިބުނު އިރު އެ ގޮޑިތައް ކަށަވަރުކުރެއްވީ ޕީއެންސީ ޓިކެޓުގައި ނުކުންނެވި ސާމިޔާ ހުސެއިނާއި އައިޝަތު އިޝާމާއެވެ.
Ads by BMLދިއްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތީ މިހާރު ކައުންސިލް މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަނީސް މުހައްމަދެވެ.
ދިއްދޫ ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑިއަށް އިންތިހާބުވެފައިވަނީ ހަމަ އެ ޕާޓީގެ ޓިކެޓުގައި ނުކުންނެވި އުންމުހާނީ ހުސެއިނެވެ. އަދި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަށް އިންތިހާބުވީ އަސްމާ ސައުދެވެ.
އިންތިހާބަކާ ނުލައި ބައެއް ގޮޑިތައް ޕީއެންސީން ކަށަވަރުކޮށްފައިވާއިރު، މިފަހަރުގެ އިންތިހާބުގައި އެޕާޓީގެ ފަރާތުން ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ވާދަކުރެއެވެ.
Ads by MACL
