އެމްޑީޕީގެ ތުހުމަތު ޕީއެންސީއަށް، ކައުންސިލްގެ ގޮނޑިތައް ”ގަންނަނީ“ އެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ޕީއެންސީއިން މިހާތަނަށް 10 ގޮނޑިއެއް ކާމިޔާބުކުރުމުން އެމްޑީޕީން ތުހުމަތުތަކެއް ކޮށްފިއެވެ.
ޕީއެންސީން އެ ގޮނޑިތަށް ކާމިޔާބު ކުރީ އެގޮނޑިތަކަށް އިތުރު މީހަކު ކުރިމަތިނުލާތީ އެވެ.
އެކަމަކު އެމްޑީޕީއިން ތުހުމަތު ކުރަނީ އެ ގޮނޑިތަކަށް ކުރިމަތިލާން ކުރިން ނިންމައިގެން ތިބި މީހުން ޕީއެންސީއިން "ގަތީ" ކަމަށެވެ.
ޕީއެންސީން ކާމިޔާބު ކުރި ރަށްތަކަކީ، ހއ. ބާރަށާއި އުތީމު ކައުންސިލްގެ ރައީސްގެ މަގާމާއި އދ. ދިއްދު އާއި އޮމަދޫ ކައުންސިލްގެ ރައީސްގެ މަގާމު އަދި ބ. އޭދަފުށީ ކައުންސިލްގެ އަންހެން މެމްބަރުންގެ މަގާމުތަކާއި ވިލުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 10 ގޮނޑީގެ ތެރެއިން އަށް ގޮނޑި އެވެ.
Ads by BMLމިއަދު ހަވީރު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންތިހާބުގެ ޓައިމްލައިން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިހާތަނަށް ހާމަނުކުރުމެވެ.
އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ އޭގެ ނާޖާއިޒް ފައިދާ ޕީއެންސީން ނަގަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޓައިމްލައިން އާއްމުކޮށްފައި ނެތުމުން ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީހަކީ ކޮބައިކަމެއް ނޭނގޭ ކަމަށާއި އެއީ ސަރުކާރުން ބޭނުންވާ ކެންޑިޑޭޓުންގެ ނަން ނެގުމަށް ޖާގަ ދިނުމަށް ކުރާ ކަމެއް ކަމަށެވެ.
އަބްދުﷲ ވަހީދު ވިދާޅުވީ އީސީއިން ހާމަނުކުރާ މައުލޫމާތު ޕީއެންސީއިން އާއްމު ކުރާ ކަަމަށެވެ. އެކަން ކުރެވެނީ، ކޮމިޝަންގެ ހުއްދައާ އެކު، އީސީގެ ޑާޓާތަކަށް ޕީއެންސީއަށް ވަދެވޭތީ ކަމަށާއި މިއީ އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
Ads by MACL
