ރޮނާލްޑޯ ގަދަ އެންނު، ކުރި ހުރިހާ ޑިމާންޑެއް ފުރިހަމަކޮށްދީފި!
ސައުދީގެ އަލް ނަސްރަށް ކުޅެމުންދާ އެ ޓީމްގެ ކެޕްޓަންގެ ޑިމާންޑްތައް އެ ކުލަބުން ފުރިހަމަކޮށްދީފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ ހިތްހަމަނުޖެހުނީ އެ ކްލަބްގެ މެޖޯރިޓީ ހިއްސާދާރު ސައުދީގެ ސޮވެރިން ފަންޑުން، ކްލަބް ވަރުގަދަ ކުރުމުގެ ފުރުސަތު ނުދީ ކުޅުންތެރިން ގަންނަން ފުރުސަތު ނުދޭތީއެވެ.
މިކަމާއި ނުރުހުންވެ އެންމެ ފަހުން ކުޅުނު މެޗު ތަކުގައި ރޮނަލްޑޯ ނުކުޅެއެވެ.
Ads by BMLސައުދީގެ ސޮވެރިން ފަންޑުން ހިންގަމުން އަންނަ ހަތަރު ކުލަބުގެ ތެރޭގައި އަލް ނަސްރު ހިމެނެއެވެ.
ނަސްރުގެ ޒަމާންވީ ވާދަވެރިޔަކީ އަލް ހިލާލެވެ. އެ ކްލަބްގެ ހިއްސާގެ 75 ޕަސަންޓް ކޮންޓްރޯލް ކުރަނީ ވެސް ސައުދީ ސްވޮރިން ފަންޑުންނެވެ.
އެކަމަކު އަލް ނަސްރަށް ކުޅުންތެރިން ސޮއި ކުރުވުމުގެ ކޮންޓްރޯލާއި ފައިސާ ސޮވެރިން ފަންޑުން ނުދޭ މައްސަލަ ރޮނަލްޑޯ ވަނީ ފެންމަތިކޮށްފައެވެ.
ރޮނަލްޑޯގެ ޕްރެޝަރާއި ހެދި ސޮވެރިން ފަންޑުން ވަނީ ގޮތް ދޫކޮށް ސަސްޕެންޑް ކޮށްފައިވާ މުވައްޒަފުން އަނބުރާ ވަޒީފާއަށް ނެރެފައެވެ. އަދި ކުޅުންތެރިންގެ މުސާރަ އާއި ޓީމަށް ހަރަދު ކުރުމަށް ނިންމާފައެވެ.
އަންނަ ހޮނިހިރު ދުވަހު އަލް ފަތަހްއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ނުކުންނާނެ އެވެ.
Ads by MACL
