ގޯލްޑަން ފުޓްސަލް ޗެލެންޖް: އުތުރާއި ދެކުނުގެ ތާރީހީ ފައިނަލަށް ރަތް ކުލައިން ދެއްވަދޫއަށް ސަޕޯޓްކޮށްދެއްވާ: އަހުއްކޮ
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ހދ ނާވައިދޫ އާއި ގއ ދެއްވަދޫ ވާދަކުރާ ތާރީހީ ފައިނަލަށް ރަތް ކުލަ ތުރުކުރައްވައިގެން ދެއްވަދޫ އަށް ސަޕޯޓްކޮށްދެއްވުމަށް އެޓީމްގެ ކެޕްޓަން އަހުނަފް ރަޝީދު ( އަހުއްކޮ ) އެދެފިއެވެ.
މިއީ ދިހަ އަހަރުވީ ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ ފޯރިގަދަ ފައިނަލަށް ވެގެން ދާނެއެވެ. ކުއާޓާ ފައިނަލުން ފަށައިގެން ވާދަވެރި މެޗުތަކެއް ފެނިގެން ދިޔައިރު ދެއްވަދޫ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ވިލިމާލެ އަތުން މޮޅު ވެގެންނެވެ.
ނާވައިދޫ ފައިނަލަށް ދަތުރުކުރީ ގޯލްޑަންގެ އެންމެ ކާމިޔާބު ޓީމް ތިމަރަފުށި ބަލިކޮށްގެންނެވެ.
Ads by BML
ސެމީ ފައިނަލުގައި ވިލިމާލޭގެ މައްޗަށް ދެއްވަދޫއިން ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ދެއްވަދޫއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިސަމް (ޗުމްޕު) އެވެ. އެ ފަހުން ވިލިމާލޭގެ އަލީ ޝިޔާޙް (ޝިޔާ) ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގައި ދެއްވަދޫ ޓީމުން ދެން ފެނިގެންދިޔަ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އާއި ވިޝާހް އަބްދުލް މަޖީދުގެ އިތުރުން ޤައުމީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. ވިލިމާލޭގެ އަނެއް ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ޝިޔާހު ކާމިޔާބުކޮށްދިންއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީޙް މޫސާއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫގެ އަލީ ހައިސަމް އެވެ.
ޓީމްގެ ކެޕްޓަން އަހުނަފް ވިދާޅުވީ ގޯލްޑަންގެ ތަށި އުފުލާލުމަކީ ފުޓްސަލްގެ ކެރިއަރުގަ އެންމެ ބޭނުންވާ ދުވަސް ކަމަށެވެ. އަދި މިރޭގެ ފައިނަލަށް މުލިޓީމާއި ސަޕޯޓަރުން ތިބީ ކެތްމަދުވެފައި ކަމަށެވެ. ޓީމް އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި ކޮންމެ ކުޅުންތެރިޔަކުވެސް އެކުޅުންތެރިޔެއްގެ ފުލް ނެރޭނެކަމަށެވެ.
ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންނާއިއެކު ދެއްވަދޫ މިއަހަރުގެ މުބާރާތާށް ތައްޔާރުވުމުގެ މަސައްކަތް މީގެ 3 އަހަރު ކުރިން ވަނީ ފަށާފައެވެ. ޓީމެއްގެ ގޮތުގައި ވަރުގަދަ ސްކޮޑެއް ބިނާކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
ގައުމީޓީމްގެ މުހިންމު ކުޅުންތެރިން ޗުމްޕު އަދި ރާއްކޮ، އިންމި ގެ ތަފާތު މޮޅު ކުޅުން މި މުބާރާތުގައި ވަނީ ފެނިގެން ގޮސްފައެވެ.
Ads by MACL
