ޓޭބަލް ޓެނިސްގެ 2024ގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމް މުންސިފް ހޯދައިފި
ގައުމީ ކުޅިވަރު އެވޯޑް (ސްޕޯޓްސް އެވޯޑްސް) 2024 ވަނަ އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔަކަށް މޫސާ މުންސިފް އަހުމަދު ހޯދައިފިއެވެ. .
މުންސިފް މި އެވޯޑް ހޯދާފައިވަނީ 2024 ވަނަ އަހަރުގައި ބޭއްވުނު ޓޭބަލް ޓެނިސް މުބާރާތްތަކުގައި ވާދަކޮށް ހޯދާފައިވާ ކާމިޔާބީތަކަށެވެ.
މުންސިފް އަކީ ފާއިތުވި ދުވަސްތަކުގައި އެކި މުބާރާތްތަކުގައި ބައިވެރިވެ، އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައިވާ ޒުވާނެކެވެ. ކުޅިވަރުގެ ދާއިރާގައި އޭނާ ދައްކާފައިވާ އަޚުލާގާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ހާއްސަ ކަމެކެވެ
Ads by BMLޓޭބަލް ޓެނިސްގެ އެވޯޑަށް ރައީސްގެ ދަރިކަލުން ނޮމިނޭޓު ވުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދިޔައީ ވަރަށް ހުތުރުކޮށް ވާހަކަ ދައްކަމުންނެވެ. އެހެން ނަމަވެސް އުމައިރު އަހަރުގެ އެންމެ މޮޅު 3 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިނުވެއެވެ. އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އުމައިރު އެ އަހަރު ހޯދާފައިވާ ކާމިޔާބީ ތަކުގެ މައްޗަށެވެ.
މިހާރު ކުރިއަށްދާ ސްޕޯޓްސް އެވޯޑް ހަފްލާގައި އެކިއެކި ކުޅިވަރު ތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް ވަނީ އެވޯޑް އަރުވާފައެވެ.
Ads by MACL
