2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ތިންވަނަ އެތްލީޓަކީ ރައީސްގެ ދަރިކަލުން އުމައިރު މުޙައްމަދު!
ގައުމީ ކުޅިވަރު އެވޯޑް (ސްޕޯޓްސް އެވޯޑްސް) 2024 ގެ އެންމެ މޮޅު ޒުވާން އެތްލީޓްގެ ތިންވަނަ މަގާމް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު ހޮވިއްޖެއެވެ.
އުމައިރު އަކީ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔެކެވެ.
އުމައިރު ވަނީ 2024 ވަނަ އަހަރުގެ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަ ތަކެއް ހާސިލް ކޮށްފައެވެ. އޭގެތެޜޭގައި :-
Ads by BML62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް 2024:
ފުރަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް ބްރޯންޒް މެޑަލް.
17 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ރިހި މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ރަން މެޑަލް.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް އިން ރިހި މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރިހި މެޑަލް.
17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރަން މެޑަލް.
17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިން ރިހި މެޑަލް.
30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024:
17 އހަރުން ދަށުގެ ފިރިހެން ސިންގަލްސް އިން ރިހި މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިން ރަން މެޑަލް.
15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރަން މެޑަލް.
17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އިން ރަން މެޑަލް.
17 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިން ރިހި މެޑަލް.
މި ނަތީޖާތަކަށް ބަލާއިރު، އުމެއިރަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު މޮޅު ހުނަރުވެރި ޓީޓީ ކުޅިންތެރިއެކެވެ.
Ads by MACL
