ޖީލު ރެސިޕީ | ތަންދޫރީ ޗިކަން
ތަންދޫރީ ޗިކަން އަކީ ހުކުރު ދުވަހުގެ ކެއުމަށް އާންމުކޮށް ގިނަ މީހުން ކައި އުޅޭ އެއްޗެކެވެ. ރޯދަ މަސް ކަމުން މެންދުރުގެ ކެއުމަށް ތަންދޫރީ ޗިކަން ނުކެވުނު ނަމަވެސް ރޯދަވީއްލާ ގަޑިއަށް ކުކުޅުގެ ބާވަތެއްގެ ގޮތުން ތަންދޫރީ ޗިކަން މިއަދު ތައްޔާރު ކޮށްލަން ވާނެއެވެ.
ބޭނުންވާ ތަކެތި:
1 ކުކުޅު (ސާފްކޮށްފައި)
4 މޭޒުމަތީ ސަމްސާ ތަންދޫރީ ޕައުޑަރ
4 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
5 ލޮނުމެދު (ޗަސްކޮށްފައި ނުވަތަ ކުދިކޮށް ކޮށާފައި)
2 ސައި ސަމްސާ ގަރަމް މަސާލާ
1 މޭޒުމަތީ ސަމްސާ ޕެޕްރިކާ ޕައުޑަރ
1 ސައި ސަމްސާ ދިރި
1 ސައި ސަމްސާ އަސޭމިރުސް
1 ސައި ސަމްސާ ތޮޅި މިރުސް
1 ސައި ސަމްސާ ލޮނު
½ 1 ޖޯޑު ޕްލެއިން ޔޯގަޓް
Ads by BMLތައްޔާރުުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތައްޓަކަށް ތަންދޫރީ ޕޭސްޓް، ލޮނުމެދު، ލުނބޯ ހުތް، ގަރަމް މަސާލާ، ޕެޕްރިކާ ޕައުޑަރ، ދިރި، އަސޭމިރުސް، ތޮޅި މިރުސް، ލޮނު، އަދި ޔޯގަޓް އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކުކުޅު އަޅައި ތަންދޫރީ ޕޭސްޓް ރަނގަޅަށް ކުކުޅުގައި ހާކާލާށެވެ. އަދި މެރިނޭޓް ކުރުމަށް ދެ ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓާލާށެވެ.
އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރުމަށްފަހު 40-30 މިނެޓް ވަންދެން މި ކުކުޅު އަވަންގައި ފިހެލާށެވެ. ކުޑަކޮށް ފިހެވެން ފެށުމުން ބަޓަރ ކޮޅެއް ކުކުޅުގައި ހާކާލަންވާނެއެވެ. ފަރާޓާ، ރޮށި ކަހަލަ އެއްޗަކާ އެކު ކާލަން މި ކުކުޅު ވަރަށް މީރު ވާނެއެވެ.
Ads by MACL
