ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖީލު ރެސިޕީ | ބަނާނާ ޑޭޓް ސްމޫތީ

ބަނާނާ ޑޭޓް ސްމޫތީ
ބަނާނާ ޑޭޓް ސްމޫތީ

ޖީލު ރެސިޕީ | ބަނާނާ ޑޭޓް ސްމޫތީ

މިއީ ރޯދަ ވީއްލާ ގަޑިއަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ހަށިގަނޑަށް ފައިދާހުރި ވަރަށް މީރު ބުއިމެކެވެ.

ބޭނުންވާ ތަކެތި:

4 ކަދުރު (އޮށް ނަގާފައި)
3 ދޮންކެޔޮ
1 ޖޯޑު ކިރު
2 މޭޒުމަތީ ސަމްސާ އޯޓްސް
2 ސައި ސަމްސާ މާމުއި
1 މޭޒުމަތީ ސަމްސާ ޕީނަޓް ބަޓަރ

ތައްޔާރުކޮށްލާނެ ގޮތް:

ކަދުރު، ދޮންކެޔޮ، ކިރު އަދި އޯޓްސް މިކްސަރަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް މާމުއި އަދި ޕީނަޓް ބަޓަރ އަޅާލުމަަށްފަހު އަނެއްކާވެސް މިކްސަރުން އެއްކޮށްލާށެވެ.

ޝޭކް ގިރާލެވުމުން، ތަށްޓަށް އަޅައި ފިނިކޮށްލާށެވެ.