އެސްޓީއޯއިން އޮރެންޖެއް 6 ރުފިޔާއަށް ލިބޭ!
ބާޒާރުގައި އޮރެންޖް އަގުބޮޑު ކުރިނަމަވެސް އެސްޓީއޯއިން އަގުހެޔޮކޮށް އޮރެންޖް ލިބެން އެބަހުއްޓެވެ.
ބާޒާރުގައި އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެސްޓީއޯ ސުޕަމާޓުން އަދިވެސް ހެޔޮ އަގުގައި އޮރެންޖު ލިބެން އެބަހުއްޓެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ އޮރެންޖު، އެސްޓީއޯއިން ވިއްކަމުންދަނީ ކިލޯއެއް 40 ރުފިޔާގެ ރޭޓުންނެވެ.
މިއީ އާންމު ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑުތަނުން ހެޔޮ އަގެކެވެ. އެގޮތުން އެސްޓީއޯއިން ގަންނަނަމަ އޮރެންޖެއްގެ އަގު ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއަށެވެ.
Ads by BMLއޮރެންޖަކީ ދިވެހިންނަށް ޑިމާންޑް ބޮޑު މޭވާއެކެވެ.
Ads by MACL
