ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދިޔަ އާމިރު ފުލުހަށް ހާޒިރުވާން އަންގައިފި

ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދިޔަ އާމިރު ފުލުހަށް ހާޒިރުވާން އަންގައިފި

އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓިކްޓޮކުގައި މަޝްހޫރު "ބޫގާ" ނުވަތަ "ޑރ. ބޫ" ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން މިއަދު ވަނީ އެ މީހާގެ ވަނަވަރާއި ފޮޓޯ އާންމުކޮށް ފުލުހަށް ހާޒިރުވާން އަންގާފަ އެވެ. ދީނަށް ފުރައްސާރަކޮށް ހުތުރު ވާހަކަތައް ދައްކަމުން ދަނީ ހ. ފިލިކުރިގެ, އަޙްމަދު ޢާމިރު (51އ) އެވެ.

އާމިރު ނަަމަކަށް ކިޔާ މި މީހާ ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފަ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އާމިރު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންވެ، އަންނަ މާރިޗު 10 ވަނަ ދުވަހުގެ 16:00އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވާން ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. އާމިރު ހަދާފައިވާ ޓިކްޓޮކުތަކުން އެނގޭ ގޮތުގައި ޖަޕާން މީހަކާ ކައިވެނިކޮށްގެން އޭނާ ދިރިއުޅެމުން އަންނަނީ އެ ގައުމުގައެވެ.

މި މީހާ އިސްލާމްދީނާއި އެ ދީނުގެ ބައެއް ޝިއާރުތަކާއި ދީނުގެ ޙުކުމްތަކަށް ގޮންޖަހާ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި މި ފަހުން އޭނާ ގެންދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށާއި ޚިތާނު ކުރުން ފަދަ ކަންކަމާއި ދެކޮޅަށްވެސް ވާހަކަ ދައްކަމުންނެވެ.

އާމިރު ހަދާފައިވާ ޓިކްޓޮކުތަކުން އެނގޭ ގޮތުގައި ޖަޕާން މީހަކާ ކައިވެނިކޮށްގެން އޭނާ ދިރިއުޅެމުން އަންނަނީ އެ ގައުމުގައެވެ.