ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ ދުވަސް ތެރޭގައި މިފްކޯއަށް 321 ޓަނުގެ މަސް ކިރައިފި

މަސްވެރިން މަސް އައިނަކުން މަސް ބާނަނީ:- ފޮޓޯ މަސްވެރިން
މަސްވެރިން މަސް އައިނަކުން މަސް ބާނަނީ:- ފޮޓޯ މަސްވެރިން

ދުވަސް ކޮޅަކަށް މަޑުޖެހިފައި އޮތުމަށްފަހު ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ)އަށް ޖުމްލަ 321 ޓަނުގެ މަސް ކިރުވައިފިއެވެ.

މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި ދުވަސްކޮޅު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް މިފްކޯއަށް ކިރައެވެ. އަދި މިހާރު މަސްވެރިކަން ރަނގަޅުވުމާއެކު މަހަށް ނުކުންނަ ދޯނި ފަހަރުވަނީ އިތުރުވެފައި ކަމަށް މިފްކޯ އިން ހާމަ ކުރެއެވެ.

މިފްކޯ އިން ތަފާސް ހިސާބުތައް އާންމުކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާ ގޮތުން ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި 321 މެޓްރިކު ޓަނުގެ މަސް ގަނެފައި ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސަށް 50.70 މެޓްރިކް ޓަނާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސަށް 221.12 މެޓްރިކް ޓަނާއި އަދި އައްޑޫ ފިޝަރީޒް ކޮމްޕެލެކްސަށް ކިރި 48.71 މެޓްރިކް ޓަނުގެ މަހެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު މިފްކޯއިން 492 މެޓްރިކު ޓަނުގެ މަސްވަނީ ގަނެފައެވެ. އެއީ ޖުމްލަ 110 ދޯންޏަކުން އެ ދުވަހު މިފްކޯއަށް ކިރި މަހެވެ. އެއަށްވާ ފައިސާގެ ގޮތުގައި 5.7 މިލިއަން ރުފިޔާ މިފްކޯއިން އެ ދުވަހު ދޫކޮށްފައިވެއެވެ.

މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށި ފަހުން މިވޭތުވެ ދިޔަ ދެ ހަފްތާގައި މިފްކޯއަށް ކިރުވާ މަހުގެ އަދަދު އިތުރުވެފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. އެގޮތުން މިދިޔަ 7 ދުވަހަށް ބަލާއިރު، އެވަރޭޖްކޮށް ކޮންމެ ދުވަހަކު 272 މެޓްރިކް ޓަނުގެ މަސް ކިރުވާފާއިވާކަން މިފްކޯއިން ފާހަގަކުރެއެވެ.