ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑރ ޖަމީލު އެހުންނެވީ މިހާރު ރަންޑިންނާއި އެއްފެންވަރެއްގައި: މެމްބަރު މުހައްމަދު

މުހައްމަދު އިސްމައިލ
މުހައްމަދު އިސްމައިލ

ކުރީގެ ރައީސް ޔާމިން ހައްޔަރުކުރުމަށް އަމަލީ ގޮތުން ރާވައި އެތަކެއް ހުތުރު ވާހަކަ ފެތުރުމަށްފަހު ލަދުގެ ކުޑަތަންފުޅެއްވެސް ހުރިނަމަ ސިޓިންރޫމުގައި މައިކު ހިފައިގެން ނުއިންނާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް ވިދާޅުވެއްޖެއެވެ.

މެމްބަރު މުހައްމަދު މިހެން ވިދާޅުވީ ޑރ ޖަމީލު ރައީސް މުއިއްޒުއާއި ގުޅުވައި ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

ރައީސް ޔާމީނު ހައްޔަރުކުރުމަށް އަމަލީގޮތުން ރާވައި އެތަކެއް ހުތުރު ވާހަކަތަކެއް ފެތުރުމަށްފަހު މިހާރު ހުދު ކާފޫރަށްވީތޯ؟ އެއީ މަކަރުވެރިކަމަށް ނުވަނީތޯ؟ ތިޔަފަދަމީހިންނަށް ހުރިގޮތުގެ ވާހަކައަކީ އެންމެން ދަންނަވާހަކައެއް. މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. ލަދުގެ ކުޑަތަންފުޅެއްވެސް ހުރި ނަމަވެސް ސިޓިންގ ރޫމް ޖަލްސާގައި މައިކުހިފައިގެން ނުއިންނާނެ. މިހާރު މަނިއްޕުޅު ތިޔަ ހުންނެވީ ރަންޑިންނާއި އެއްފެންވަރެއްގައި. ހަމަޖެހޭ ސިޔާސީ ތަސައްރުފީން ތިޔަބާވަތުގެ މީހުންނަށް ރައްދެއްނުދޭނެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ވަނީ ވަރަށް އިހާނެތި ވާހަކަތަކެއް ދައްކާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ފާޑުކިޔާ މަންޒަރެވެ. އެ ވީޑިއޯގައި އެމަނިކުފާނާ ގުޅުވައިގެން ދެއްކި ވާހަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.

އެ ވީޑިއޯއާ ގުޅިގެން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ އެ ވީޑިއޯއިން ފެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ރުންކުރުވެ،

އެތަނުގައިތިބި ރައްޔިތުންނަކީ ނާގާބިލް އަދި ޖާހިލު ބައެއް ކަމަށް ވިދާޅުވެ ނަފްސު ކޮންޓްރޯލުނުވެ ސްޓޭޖު ދޫކޮށް ވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި މައިކު އަތުޖެހުމުން ހަމަބުއްދި ފިލައި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.