ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް: ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ، މުޙައްމަދު ޝަހީމް އަލީ ސަޢީދު
އިސްލާމިކް މިނިސްޓަރ ޑރ، މުޙައްމަދު ޝަހީމް އަލީ ސަޢީދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނެވޭނޭ ޒަމާނީ ހެޔޮ ބަދަލެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.

އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

އެކްސްގައި ކުރި ޕޯސްޓުގައި ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް ކަމަށެވެ، އަދި މިއީ ދުނިޔޭގެ ތަހުޒީބު ބައެއް ޤައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުޞޫލެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްޤީއާއި ސިޔާސީ ނިޒާމުގެ މަޞްލަޙަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ދެކޭކަން ހާމަކުރައްވައި ޝަހީމް ވަނީ ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފައި އެވެ.