ބްރިޖު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ސިނަމާލެ ބްރިޖް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަހުގެ ޕޭވްމަންޓް މައްޗަށް އަރައި ރޭ ދަންވަރު 1:39 ކަންހާއިރު އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުޑަ ކުއްޖާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Ads by BMLފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by MACL
