ރައީސް ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޚާއްސަ ތަރާވީސް މިރޭ، ޕާޓީގެ ހުރިހާ މެންބަރުންނަށް ދަޢުވަތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޚާއްސަ ތަރާވީސް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވުމަށް ހަމަޖައްސާ ހުރިހާ މެންބަރުންނަށް ދަޢުވަތު ދީފި އެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ތަރާވީހެއް ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ. ތަރާވީސް އޮންނާނީ މިރޭ 9:30 ގަ އެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ތަރާވީހަކަށް ޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވަން.ތާރީޚް: 26 ފެބްރުއަރީ 2026 ( ބުރާސްފަތި ދުވަސް)
ގަޑި: 21:30
ތަން: އާޓިފިޝަލް ބީޗް
އެ ޕާޓީން ވަނީ ހުރިހާ މެންބަރުންނަށް އަދި އެ ޕާޓީއަށް ތާޢީދު ކުރާ ހުރިހާ ރައްޔިތުންނަށް މި ތަރާވީހަށް ދަޢުވަތު ދީފަ އެވެ.
Ads by BML
ކޮންގްރެސް ޕާޓީން ދަނީ އެ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރަމުންނެވެ. ޚާއްސަކޮށް މެންބަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރެ އެވެ.
Ads by MACL
