އިހުސާސް ކުރެވޭ ހޫނުމިންދަނީ މަތިވަމުން، ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވެލައްވާ: ފަހުމީ
މިދުވަސް ވަރަކީ ވަރަށް ހޫނު ދުވަސްވަރެއްކަމުން ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ގޮވާލައްވައިފިއެވެ.
ފަހުމީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގަިއ ފަހުމީ ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
Ads by BMLއެހެން ކަމުން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އަދި ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އޭނާ އިލްތިމާސްކުރި އެވެ.
ސަރުކާރުން ވަނީ ރަމަޟާން މަހުގައި ކަރަންޓް ބިލްތަކަށް ބޮޑު ޑިސްކައުންޓެއް ދީފައެވެ.
Ads by MACL
