ގިރާވަރުފަޅު، ހުއްޓުމެއް ނެތް! މުޅި މަޝްރޫއުގެ 15 އިންސައްތަ ނިންމާލައިފި
ގިރާވަރުފަޅު ހިއްކުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް އެ ސަރަހައްދުން 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް މަޝްރޫޢުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ނިމިފައިވާ 15 ހެކްޓަރާއެކު، މުޅި މަޝްރޫޢުގެ 15.44 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ޑްރެޖަރުތައް ދަނީ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި 35,500 ކިއުބިކް މީޓަރުގެ ހޮޕަރ ކެޕޭސިޓީ ހުރި "ކުއީން އޮފް ދަ ނެދަލޭންޑްސް" އާއި 22,000 ކިއުބިކް މީޓަރުގެ ހޮޕަރ ކެޕޭސިޓީ ހުރި "އޮރެންޖް" ނަމަކަށް ކިޔާ ޑްރެޖަރު ހިމެނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައެވެ.

މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
Ads by MACL
