ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަން ކަމުގެ މަޤާމުން ނަޝްވާ ވަކިކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝްވާ ޢަބްދުﷲ އެ މަގާމުން ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި، ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރި ވަކި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މުހިންމު މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވީ 11 ފެބްރުއަރީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ.
Ads by BMLމި ބަދަލާ ގުޅިގެން އެ ކުންފުނީގެ ހިންގުމަށް އަންނާނެ ބަދަލުތަކާއި، އައު ޗެއާޕާސަނަކު އައްޔަންކުރުމާ ގުޅޭގޮތުން ޕީސީބީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
