މާލޭ ސިޓީ މޭޔަރަކަށް އެމްޑީޕީ މެމްބަރަކު އައިފަހުން އެކްޝަން ޕްލޭންގެ ހުރިހާ ކަމެއް ހުރީ ހުއްޓިފަ: ރައީސް
މާލޭގައި މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ ތަންފީޒު ކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށާ ނަމަވެސް އިދިކޮޅު އެމްޑީޕީ މެމްބަރަކު މޭޔަރު ކަމަށް ވަޑައިގެންފަހުން ވޭތުވެދިޔަ ދެ އަހަރު އެ ޕްލޭންގައި ހުރި އެއްވެސް ކަމެއް ނުހިނގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްޙޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ ރޭ އާޓިފިޝަލް ބީޗުގައި އޮތް "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅު ފެއްޓެވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ. އެގޮތުން ސަރުކާރުގެ މަސައްކަތްތައް އެއްވެސް ހުރަހެއް ނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓުދެއްވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު ވެސް އިސްކުރެއްވީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި ހަމަހަމަ ކަމާއެކު މުޅި ރާއްޖެއަށް ތަރައްޤީ ގެނައުމުގެ މަސައްކަތް ކަމަށެވެ.
މާލޭގައި މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ ތަންފީޒު ކުރެއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށާ ނަމަވެސް މިދިޔަ ދެ އަހަރު އެ ޕްލޭންގައި ހުރި ކަންކަން ހާސިލުވެފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
Ads by BMLއެގޮތުން މިިދިޔަ ދެ އަހަރު ދިޔައީ ގޯސްކޮށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މޭޔަރު ކަމުގައި އެކުލަވާލި އެކްޝަން ޕްލޭންގައި ހުރި ކަންކަން ނުހިނގާ ގޯސްކޮށް ދިޔައީ މާލެ ސިޓީގެ މޭޔަރަކަށް އެމްޑީޕީ މެންބަރަކު ވަޑައިގެންނެވި ފަހުން ކަމަށެވެ. އަދި އެ ޕްލޭނުގައި ހުރި ހުރިހާ ކަމެއްް ހުރީ ހުއްޓިފައިކަން ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގޮތް ނިންމާއިރު މިހާރު އޮތްގޮތަށް އެކަން ދެމި އޮންނަން ފުރުސަތު ދޭނީތޯ ނުވަތަ ކަންކަން ވާނެ ގޮތަށް ފުރުސަތު ފަހިކުރާނީތޯ ވިސްނާލުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސް ތަކުރާރުކުރައްވާ ވިދާޅުވީ އެމަނިކުފާނަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އިންތިޚާބުކޮށްފިނަމަ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމަށެވެ. އަދި ނަތީޖާ ނެރެދިނުމުގައި ކައުންސިލްތައް ހުރަހަކަށް ވެގެންނުވާނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކަށް ހޮވައިދިނުމަކީ ކައުންސިލެއް ހޮވައިދިނުމަކީ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކޮމެޓީއެއް ހޮވައިދިނުމަކީ އަޅުގަނޑު މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދޭ އެދުމެއް," އެގޮތަށް ރައްޔިތުން ނިންމަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
އަދި އެހެން ސިޓީތަކާއި ރަށްރަށުން ވެސް އެގޮތަށް ވޯޓް ދިނުމަށް އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކާ އެކުވެސް މިދިޔަ ދެ އަަހަރު ވަރަށް ގިނަ ކަންކަން ކުރެވިފައިވާ ކަމަށެވެ. ނަންބަރާއި ތަފްސީލުން އެކަންކަން ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފައިވާނެ ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ އެހެން ހުރިހާ ވަޢުދުތަކެއް ފުއްދެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޕީއެންސީއަށް ވޯޓް ދެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ކެނޑިޑޭޓުންގެ ނަމާއި ނަަންބަރު ބެއްލެވުމުގެ ބޭނުމެއް ނެތްކަމަށާއި ދޫނި (ޕީއެންސީގެ ލޯގޯ) ފެނުނީމަ ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް ކަމަށެވެ.
Ads by MACL
