ސަމާލުވޭ، މާޗް މަހަކީ ހޫނު ގަދަ މަހެއް، ވާރޭވެހުން ވެސް މަދުވާނެ!
މިފެށޭ މާޗް މަހަކީ އެހެން މަސްމަހާއި އަޅާބަލާއިރު ހޫނު ގަދަވާނެ މަހެއްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އަންނަ މަހުގައި ވާރޭވެހޭނެކަމަށް ލަފާކުރެވެނީ އާއްމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުންނެވެ.
ދެކުނުގެ އަތޮޅުތަކަށް ވާރޭވޭހޭނެކަމަށްކަމަށް ބެލެވެނީ އާއްމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށް މެޓް އޮފީހުން ބުނެއެވެ.
Ads by BMLމުޅި ރާއްޖެއަށްވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް އާއްމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެކަަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާގޮތުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން މި ހަފުތާގައި ވަނީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފައެވެ.
ރާއްޖެއަށް ހޫނު ގަދަވުމަކީ ގޭބިސީތަކުގެ ކަރަންޓްބިލަށް އަސަރު ކުރާނެ ކަމެއްކަމަށް ސްޓެލްކޯއިން ދަނީ ބުނަމުންނެވެ.
Ads by MACL
