ދިވެހީން މިވަޠަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާ ކަމަށް ހެކިދެނީ ދިވެހި ތާރީޚު: ރައީސް
ދިވެހީން މިވަޠަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާ ކަމަށް ހެކިދެނީ ދިވެހި ތާރީޚު ކަމަށާއި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީ ވެސް ދިވެހި ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ޤަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ޙިކްމަތްތައް ލިިބިގެންދާކަމަށެވެ. އަދި، ދިވެހިން މި ފަޚުރުވެރި ޤައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީޚުން ހެކިދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަަމައެހެންމެ، އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީޚު ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Ads by BMLދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ތާރީޚާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވާފަ އެވެ. މިއީ މިފަދަ ގިނަ މަޝްރޫޢުތަކެއް އެކުއެކީގައި ކުރިއަށް ގެންދެވޭ ފުރަތަމަ ފަހަރެވެ.
2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ ޤައުމީ ތާރީޚުގެ ދުވަސް ފާހަގަކުރަމުންނެވެ. މިފަދަ ދުވަހެއް ފާހަގަކުރަނީ، ތާރީޚާއި ސަޤާފަތާއި، އާދަކާދަތަކަށް ލޯބި ކުރާ މުޖުތަމަޢެއް އުފައްދާ ދިވެހި ތާރީޚު ކުރިއަރުވާ ދެމެހެއްޓުމަށެވެ. ހަމައެއާއެކު ޤައުމީ އަބުޠާލުންގެ ޒިކުރާ އައުކުރުމާ އެބޭފުޅުންގެ ޚިދުމަތުގެ ޒިކުރާ އައު ކުރުމަށެވެ.
Ads by MACL
