ޕާކިސްތާނާއި އަފްޣާނިސްތާނުގެ ކުރިމަތިލުންތައް އިތުރަށް ފުޅާވަމުންދާތީ ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވެއްޖެ
އަފްގާނިސްތާނުގެ ކާބުލްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ބޯޑަރުގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަ ފުޅާދާއިރާއެއްގައި ކުރިއަށްދާއިރު، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރާ ދެކޮޅަށް ޕާކިސްތާނުން ހަނގުރާމަ އިއުލާން ކުރީ މިއަދުއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެ ގައުމުން ވަނީ އަފްޣާނިސްތާނުގެ އެތެރޭގައިވާ ކަންދަހާރާއި ޕަކްތިކާއަށް ވެސް ވަރުގަދަ ހަމަލާދީފައެވެ.
"އަހަރެމެންގެ ކެތްތެރިކަން ކޮޅުލައިފި. ދެން ބަލާކަށް ނުތިބެވޭނެ، މިފަހަރު ދޭތިންއެކައްޗަށް ހަނގުރާމަ ކުރާނެ ކަމަށް އިއުލާނު ކުރަން." ޕާކިތާނުގެ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވެފައިވެ އެވެ.
ހުކުރު ދުވަހު މިކަން އިޢުލާންކޮށްފައި މިވަނީ، ދެ ގައުމު ވަކިކުރާ ޑިއުރަންޑް ލައިންގެ ސަރަހައްދުގައި ޕާކިސްތާން ސިފައިންނާ ދެކޮޅަށް އަފްޣާނިސްތާނުން "ބޮޑު އޮފެންސިވް އޮޕަރޭޝަންތަކެއް" ހިންގަމުންދާ ކަމަށް ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނިތާ މަދު ގަޑިއިރުތަކެއްތެ ތެރޭގައި އެވެ.
Ads by BMLތާލިބާނުން ބުނި ގޮތުގައި އެމީހުންގެ މި ހަމަލާއަކީ މި ހަފްތާގެ ކުރީކޮޅު ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެކެވެ.
ޕާކިސްތާނާއި އަފްގާނިސްތާނުގެ ހަނގުރާމަ މިހާރު ވަނީ އިތުރަށް ފުޅާވެފަ އެވެ. މި ހަނގުރާމަ އިތުރަށް ފުޅާވަމުން އަންނައިރު، މިކަމާ ގުޅިގެން ދުނިޔޭގެ ގައުމުތަކާއި މުއައްސަސާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން؛
އދ
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މި ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާއިރު، ހަމަނުޖެހުންތައް އިތުރުވަމުންދާތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާކަމަށް ވަނީ ވިދާޅުވެފަ އެވެ. އޭނާގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ގުޓަރޭޒް ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ހާއްސަކޮށް ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ދެ ގައުމުން އަދާކުރަންޖެހޭ ޒިންމާތަކަށް ފުރިހަމައަށް ބޯލެނބުމަށް ގޮވާލައްވާފައެވެ. އަދި ކުރިމަތިލުންތައް ކުރިއަށްދާއިރު، އާންމުން ރައްކާތެރިކުރުމަށް ދެ ފަރާތުންވެސް އިސްކަންދިނުމުގެ މުހިންމުކަން ގުޓަރޭޒް ފާހަގަކުރެއްވިއެވެ.
އީރާން
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ، އަމިއްލަ ގައުމަށް ހަނގުރާމައިގެ އަސަރު ފޯރިޔަނުދިނުމަށްޓަކައި އެމެރިކާއާއެކު ވަރުގަދަ މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާއިރު، ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ވާހަކަދައްކައިގެންނާއި އަވަށްޓެރިކަމުގެ ރީތި އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހަކީ ކެތްތެރިކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މަސްކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވަނީ މި މަރުހަލާއަށް އެހީތެރިވުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. އަދި ބިނާކުރަނިވި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމަށާއި، ދެފަރާތުގެ ދެމެދުގައި އޮތް ވިސްނުން އިތުރުކުރުމަށާއި، ކާބުލް އާއި އިސްލާމްއާބާދާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އީރާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.
ރަޝިޔާ
ހަނގުރާމަވެރި ދެ ފަރާތުން ބޯޑަރު ހުރަސްކޮށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ޑިޕްލޮމެޓިކް ވަސީލަތްތައް މެދުވެރިކޮށް ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް ރަޝިޔާއިން ގޮވާލާފައިވާ ކަމަށް، އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އާރު.އައި.އޭ ނިއުސް އެޖެންސީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވެއެވެ. އަދި ދެ ފަރާތުން އެއްބަސްވާ ނަމަ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ވެސް ރަޝިޔާއިން ވަނީ ހުށަހަޅާފައެވެ.
އިންޑިއާ
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ޕާކިސްތާނުން ދިން ވައިގެ ހަމަލާތައް އިންޑިއާއިން "ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށާއި، އެ ހަމަލާތައް ދީފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ކަމަށެވެ. އަދި މިއީ ޕާކިސްތާނުން ހިންގ ހުތުރު ޖަރީމާއެއް ކަމަށް އެކްސްގައި ނެރުއްވި ބަޔާނެއްގައި ޖައިސްވާލް ވިދާޅުވިއެވެ.
އިންޑިއާއިން ފަހަކަށް އައިސް ތާލިބާނުންނާއެކު އޮންނަ ގުޅުން ބަދަހިކޮށްފައިވާއިރު، ޕާކިސްތާނުގެ ސަލާމަތަށް ނުރައްކާ ކުރުމަށްޓަކައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ އެތެރޭގައި ހަރަކާތްތެރިވާ ގްރޫޕްތަކަށް އިންޑިއާއިން ފަންޑުކުރާ ކަމަށް އިސްލާމްއާބާދުން ތުހުމަތުކުރެއެވެ. ނަމަވެސް އިންޑިއާއިން މިކަން ދޮގުކުރެއެވެ.
ތުރުކީ
ތުރުކީގެ ޑިޕްލޮމެޓިކް މަސްދަރަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، ތުރުކީގެ އެންމެ އިސް ޑިޕްލޮމެޓް ހަކާން ފިދާން ވަނީ ޕާކިސްތާން، އަފްޣާނިސްތާން، ގަތަރު އަދި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުންނާ ވަކިވަކިން ފޯނުން ގުޅުއްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ގަތަރު
ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އަލްޚުލައިފީ، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މުޙައްމަދު އިސްޙާޤް ދާރްއާ ފޯނުން ގުޅުއްވައި ވަނީ މި ހަމަނުޖެހުމާއި މެދު މަޝްވަރާ ކުރައްވާފަ އެވެ. ޤަޠަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ވަރުގަދަވާނެ ފަދަ ގޮތަކަށް، ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން މަޝްވަރާކުރި ކަމަށެވެ.
ޗައިނާ
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ނުތަނަވަސްކަން އިތުރުވަމުންދާތީ ބެއިޖިންގްއިން އިންތިހާއަށް ކަންބޮޑުވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބުނެފިއެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޗައިނާގެ އަމިއްލަ ވަސީލަތްތައް މެދުވެރިކޮށް މި މައްސަލަ ހައްލުކުރުމަށް އެ ގައުމުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކަމަށެވެ. އަދި މަސްރަޙު ފިނިކުރުމަށްޓަކައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
ޔުނައިޓެޑް ކިންގްޑަމް
ބްރިޓަންގެ ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުތަނުން އިތުރުވަމުންދާތީ ޔޫކޭއިން އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި ނުތަނަވަސްކަން ކުޑަކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށާއި، އާންމުންނަށް އިތުރު ގެއްލުމެއް ލިބުނަ ނުދިނުމަށާއި، މެދުވެރިއަކު މެދުވެރިކޮށް ކުރިއަށްގެންދާ މަޝްވަރާތަކުގައި އަލުން ބައިވެރިވުމަށް ދެ ފަރާތަށްވެސް ބާރުއަޅާކަމަށް ބުނެފައިވެ އެވެ.
ޕާކިސްތާން
ޠާލިބާނުންނަކީ "ޓެރަރިޒަމް" އާއި ގައުމުގެ ބޭރުގައި ހަމަނުޖެހުން އުފައްދާ ބައެއް ކަމަށް ތުހުމަތު ކުރުމުގެ އިތުރުން، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވީ، މަސްރަޙު ހަމައަކަށް އެޅުވުމަށްޓަކައި ސީދާ ގޮތުންނާއި އެކުވެރި ގައުމުތައް މެދުވެރިކޮށް އިސްލާމްއާބާދުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.
"އެ ގައުމުން ވަނީ މައްސަލަ ހައްލުކުރަން ފުޅާ ދާއިރާއެއްގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފައި. މިއަދު ޕާކިސްތާނަށް އުދުވާނީ ހަމަލާތަކެއް އަމާޒުކުރަން މަސައްކަތް ކުރަމުންދާއިރު، މާތްﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކުން ދަނީ ވަރުގަދަ ރައްދެއް ދެމުން،" އޭނާ އެކްސްގައި ވިދާޅުވިއެވެ.
އަފްޣާނިސްތާން
އަފްޣާނިސްތާނުގެ ކުރީގެ ރައީސް ޙާމިދު ކަރުޒާއީ ވިދާޅުވީ، ޕާކިސްތާނުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުން "ކޮންމެ ހާލަތެއްގައިވެސް ފުރިހަމަ އެއްބައިވަންތަކަމާއެކު ލޯބިވާ ވަޠަން ދިފާއުކުރާނެ ކަމަށާއި، އުދުވާނަށް ހިތްވަރާއެކު ރައްދު ދޭނެ" ކަމަށެވެ. އަދި ޕާކިސްތާނުގެ އަނިޔާވެރިކަމާއި ބޮންގޮއްވުންތަކަށް ވަރުގަދަައަށް ރައްދުދޭނެ ކަމަށް ވިދާޅުވި އެވެ.
ކަރުޒާއީ ވިދާޅުވީ މި މައްސަލަ އުފެއްދި ބަޔަކީ ވެސް ޕާކިސްތާނު ކަމަށެވެ. އަދި އަފްގާނިސްތާނަށް ހަމަލާތައް ދިނުމުގެ ބަދަލުގައި އެމީހުންގެ ސިޔާސަތު ބަދަލުކޮށް، އަފްޣާނިސްތާނާއެކު އަވަށްޓެރިކަމުގެ ރަނގަޅު ގުޅުމާއި، އިޙްތިރާމާއި، ތަހުޒީބީ ގުޅުމުގެ މަގު އިޚްތިޔާރު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
