ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އިސްރާއީލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އިރާނާއި އިސްރާއީލާއި ދެމެދު ހަނގުރާމަ ފެށުމާއި ގުޅިގެން އިސްރާއީލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

އިސްރާއީލުން އެގައުމުގައި ކުއްލި ނުރައްކަލިުގެ ހާލަތު އިއުލާން ކުރީ އިރާނުން ރައްދުގައި ހަމަލާއެއް ދީފާނެތީ ރައްކާތެރި ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމުގައި އެގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއީލުން އިރާނަށް ހަމަލާ ދިނުމާއި ގުޅިގެން އެ ހަނގުރާމައިގައި ބައިވެރިވެ އެމެރިކާއިންވެސް އިރާނަށް ހަމަލާ ދިނުމަށް ފަށައިފިކަމަށް ރިޕޯޓް ތައް ބުނެފިއެވެ،

ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ ކަނޑުމަގުން މަނަވަރުތައް ބޭނުންކޮށްގެން ދަނީ ހަމަލާ ދެމުންނެވެ.  ހަމަލާ ފުރަތަމަ ދިނީ އިސްރާއީލުންނެވެ. އެމެރިކާ އަޑީގައި އޮވެގެން މި ހަމަލާދީފައިވަނީ މިއަދުއެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުގެ ޔުނިވާސިޓީ ސްޓްރީޓާއި ޖުމްހޫރީ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް އަރާފައެވެ. އަލްޖަޒީރާގެ ރިޕޯޓަރުން ބުނާ ގޮތުގައި ސިޓީގެ އެކި ސަރަހައްދުތަކުން ދުން އަރަމުންދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވިދާޅުވީ، "އިޒްރޭލުގެ ދައުލަތަށް އޮތް ނުރައްކާތައް ނައްތާލުމަށްޓަކައި، އިސްރާއީލުން ވަނީ އީރާނަށް އިސްވެ ހަމަލާދޭން ފަށާފައި" ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކުރާ ގޮތުގައި، ތެހެރާނަށް ދިން މި ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް އަމާޒުވެފައި ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީސްތައް ހުންނަ ސަރަހައްދާ ވަރަށް ކައިރިއަށެވެ.

މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އީރާނުން މިކަމަށް ރައްދު ދޭނެ ގޮތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާރަވެރިވަމުންނެވެ.