އިރާނުން މިސައިލް ހަމަލާ ފޮނުވާލައިފި
ޔަހޫދީ އިސްރާއީލަށް ހަމަލާ ދިނުމަށް އިރާނުން މިސައިލް ހަމަލާ ފޮނުވައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރައްދުގައި ބަދަލު ހަމަލާ ދިނުމަށް ނިންމައި އިރާނުންވަނީ ވަރުގަދަ ހަމަލާ ދޭނެކަމަށް ބުނެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނީ އީރާނުން އިސްރާއީލަށް އަމާޒުކޮށް މިސައިލް ފޮނުވާފައިވާ ކަން އެނގިފައިވާ ކަމަށެވެ.
Ads by BMLއަދި ކުރިއަށް އޮތް ވަގުތުތަކުގައި ސައިރަން އަޅާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެލާޓް ލިބޭ އިސްރާއީލުގެ މީހުން ރައްކާތެރި ކޮޓަރިތަކާއި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަށް ދިއުމަށް ވަނީ އަންގާފައެވެ.
އީރާނުން އިސްރާއީލަށް ހަމަލާތައް ފޮނުވާލާފައި ވަނީ، އިސްރާއިލާއި އެެމެރިކާއިން އީރާނަށް ހަަމަލާ ދިންތާ މަގިނައިރުތަކެއް ނުވަނީސްކަން ފާހަގަކޮށްލަން ޖެހެއެވެ
Ads by MACL
