ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ރައްދު ހަމަލާ ޔޫއޭއީއާއި ގަތަރާއި ސައުދީގެ އިތުރުން ބަހްރޭނާއި ކުވޭތައް ވެސް

އީރާނުގެ ރައްދު ހަމަލާ ޔޫއޭއީއާއި ގަތަރާއި ސައުދީގެ އިތުރުން ބަހްރޭނާއި ކުވޭތައް ވެސް

އިޒްރޭލުން އީރާނަށް ހަމަލާ ދެމުން އަންނައިރު, އީރާނުގެ އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފިއެވެ.

އީރާނުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި ހަތަރު ގައުމެއްގައި ހުރި އެމެރިކާގެ ވައިގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ވަނީ ހަމަލާދީފަ އެވެ. އޭގެ ތެރޭގައި ގަތަރާއި ކުވޭތާއީ ޔޫއޭއީގައި ބަހްރޭން ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަލްޖަޒީރާއިން ވަނީ، ސައުދީ އަރަބިއްޔާއިން ވެސް ގޮވުންތަކުގެ އަޑުތައް އިވޭ ކަމަށް ރިޕޯޓުކޮށްފައެވެ.

އެ ހަމަލާތަކާ ގުޅިގެން ގަތަރުން ވަނީ ފޯނުތަކަށް އެލާޓެއް ނެރެ، ގޭގައި ވިޔަސް އެހެން ތަނެއްގައި ވިޔަސް، އަސްކަރީ މަރުކަޒުތަކާ ދުރުގައި ހުރިހާ ރައްޔިތުން ތިބުމަށް ލަފާދީފައެވެ. ގޮވުންތަކެއްގެ އަޑު ޔުނައިޓެޑް އެރެބް އެމިރޭޓްސް ވެރިރަށް އަބޫ ދާބީއަށްވެސް ވަނީ އިިވިފައެވެ.

އިސްރާއީލުން ފުރަތަމަ އީރާނަށް ހަމަލާދީފައިވާއިރު، ރައްދުގައި ވަރުގަދަ ހަމަލާ ދޭނެ ކަމަށް މީގެ ކުރިން ވެސް އީރާނުން ބުނެފައިވެއެވެ.